މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ބިދޭސީންގެ ޑިޓެންޝަން ސެންޓަރެއް ހަދަން ޖެހޭ

އިކޮނަމިކް މިނިސްޓްރީ: ބިދޭސީންނަށް ޑިޓެންޝަން ސެންޓަރެއް ހަދަން ޖެހޭ ކަމަށް މިނިސްޓްރީން ބުނޭ
0%
0%
0%

ގަވައިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބައިތިއްބާނެ ޑިޓެންޝަން ސެންޓަރެއް ހަދަން ޖެހޭ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފި އެވެ.

މިއަދު މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އިކޮމަނިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއިން 9000 އަށްވުރެ ގިނަ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާލި ކަމަށެވެ. އެ މަސައްކަތް މިނިސްޓްރީ ކުރިއިރު ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވި ކަމަށެވެ.

އެގޮތުން އަނބުރާ ގައުމަށްދާ ބޭނުން ވެގެން އަންނަ ގިނަ ބިދޭސީންގެ އަތުގައި ޕާސްޕޯޓް ވެސް ނޯންނަ ކަމަށާއި އެހެންވެ އެމީހުންނަށް ޓްރެވަލް ޑޮކިއުމެންޓް ހައްދައި ގިނަ މަސައްކަތްތަކަށް ފަހު ފޮނުވާލާފައިވާ ކަމަށެވެ.

މީގެ އިތުރަށް ވިދާޅުވީ ކޮވިޑްގައި ގަވައިދާ ހިލާފު ގިނަ ފަރާތްތަކަށް ދެނެގަނެފައިވާ ކަމަށެވެ. އެމީހުނަށް ހާއްސަކޮށް ސެންޓަރެއް ހަދައި އެތަނަށް ބަދަލު ކުރި ކަމަށެވެ.

އެ އޮފިޝަލު ވިދާޅުވީ ކޮވިޑްގެ ހާލަތު ހަމައަކަށް އެޅެން ފެށުމާއެކު އެ ސެންޓަރުގައި ތިބި ބިދޭސީން ފިލަމުންދާ ކަމަށެވެ. އެގޮތުން މިހާރު އެތާނގައި ތިބީ 10 ވަރަކަށް މީހުން ކަމަށެވެ. ރާއްޖޭގައި ގަވައިދާ ހިލާފަތް ދިރިއުޅޭ ބިދޭސީން އަމބުރާ އެމީހުންގެ ގައުމަށް ފޮނުވޭނީ އެމީހުންނަށް ހާއްސަ ޑިޓެންޝަން ސެންޓަރެއްހަދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަގޭބުނީ

ތީ ހާދަވަރުގަދަބަޔެކޭދޯ؟ ސަރުކާރަށް މިކަން ހައްލުނުކުރެވުނުތާ ހިފާ ހައްޔަރުކުރީމަ ފިލަންވެސް ފިލަނީ.....، ތިވަރުގެ ބަޔަކަށް މިޤައުމުގަ އެހާމަތީ ދަރަޖައެއްދީގެން އުޅެނީ އަޅެ ކިހާވަރެއް ސިޔާސީ ބޭފުޅެއް މީގެ އަޑީގަ ހުރެގެންބާ....!، މަވެސް މިޚަބަރުކިޔާފަ އަންތަރީސްވެއްޖެ...

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910