ގައުމީ ދުވަސް

އެގާރަ ހާފިޒަކަަށް މެޑަލް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި މިއަހަރު ފާސްވި ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް މިރޭ ދެއްވައިފި އެވެ. މި އިނާމުތައް ދެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މި އަހަރު ލިބިވަޑައިގަތީ 11 ބޭފުޅަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ހަ ބޭފުޅަކާއި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި ހަތަރު ބޭފުޅަކާއި އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވި ބޭފުޅެކެވެ.

ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވަނީ ހ. އެލްޕާޝޯ. ޑޮކްޓަރު މުހައްމަދު މުނީޒް އާއި މ. އޯޑެންއެވެނިއު، ޑޮކްޓަރު ފާތިމަތު ނިޝާން އާއި ގ. މާލެހިޔާ ޑޮކްޓަރު މުހައްމަދު ޒާހިރު އާއި އަގޮޓީގެ ސ. ހިތަދޫ، ޑޮކްޓަރު މަރްޔަމް ޝަރީފާ އާއި މާފަހި ޅ. ކުރެންދޫ، ޑޮކްޓަރު އާއިޝަތު ވަހީދާގެ އިތުރުން އަންނާރުގަސްދޮށުގެ ކ. ކާށިދޫ، ޑޮކްޓަރު ވިސާލު މޫސާ އެވެ.

ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ ލެވެލް އަށެއް ނުވަތަ ލެވެލް ނުވައެއް ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވީ މާސްޓާޒް ޑިގްރީ ހާސިލުކުރައްވައިގެން ސ. ހުޅުދޫ ކާށިމާގެ. އައިޝަތު ޒިލްމާ އާއި ބެޗްލާސް ޑިގްރީ ހާސިލު ކުރައްވައިގެން އާމިނަތު މ. މައިމަގުމަތީގެއާގެ، ތިޒްކާރު ޔޫސުފް ހިރުދުމާގެ ބ. ކެންދޫ ޝާމިލާ އިދުރީސްގެ އިތުރުން ނިޔާމަ ށ. ފޯކައިދޫ، އާމިނަތު ހުމައިދާ އެވެ.

ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ، މ. މަގުމަތީގޭ އަލްގާރީ އަހްމަދު ރަޝީދު އަބްދުލްގާދިރެވެ.

ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުން

  • އަލްޙާފިޒާ ހައްވާ އަނީސާ - މާލެ ދަފްތަރު ނަންބަރު ރސ 13802
  • އަލްޙާފިޒް ސަލްމާން މުހައްމަދު ލަޠީފް - ފެހިގެ ދ. މީދޫ
  • އަލްޙާފިޒް މުހައްމަދު ނާހިލް އަޒްމީލް - ހުޅުމާލެ ފްލެޓް ނަންބަރު: އޭ-4-5ސީ
  • އަލްޙާފިޒާ ލަތީފާ މުހައްމަދު - ގޯލްޑަން ފްލާވާ ސ. ހިތަދޫ
  • އަލްޙާފިޒް އާހިލް މުހައްމަދު ޒާހިރު - މަލާޒް ގދ. ތިނަދޫ
  • އަލްޙާފިޒާ އާތިފާ އަބްދުލްބާރީ - މާލެ ދަފްތަރު ނަންބަރު ރސ 12572
  • އަލްޙާފިޒް މުހައްމަދު މިތްޔާޙް ސަލްމާން - ހެވަންލީޑް ގދ. ތިނަދޫ
  • އަލްޙާފިޒް މުހައްމަދު އަޝްހަމް އަލީ - މއ. އަރިވަރު
  • އަލްޙާފިޒާ އާއިޝަތު ތޫލާ އަންވަރު - ހުވާސް ށ. މިލަންދޫ
  • އަލްޙާފިޒް ލައިލް ހުސައިން ހަމީދު - އަލިވާގެ ދ. ކުޑަހުވަދޫ
  • އަލްޙާފިޒާ އާއިޝަތު ޝުބާ ޝާހް - ތިމާވެހި ގދ. ތިނަދޫ