މީޑިއާނެޓް

އެމްއެސް އެޕް: ހުރިހާ ފުޓްބޯޅަ މެޗެއް 74ރ. އަށް

Oct 7, 2021

ސާފް ޗެމްޕިއަންޝިޕް، ލަލީގާ، ޗެންޕިއަންސް ލީގު އަދި ޕްރިމިއާލީގުގެ ފޯރިގަދަ މެޗްތައް ލައިވްކޮށް އެމްއެސް އެޕް މެދުވެރިކޮށް ފޯން، ލެޕްޓޮޕް އަދި ޓެބްލެޓުން ކޮންމެ ތާކުން ކޮންމެ ޑިވައިސް އަކުންވެސް ބަލައިލެވޭނެ އެވެ.

ސާޕް ޗެމްޕިއަންޝިޕް މިފަހަރު ރާއްޖޭގައި ކުޅޭއިރު، މި މުބާރާތުގެ ފޯރިގަދަ މެޗްތައް ޔެސް ޓީވީ (ޗެނަލް 104) މެދުވެރިކޮށް ބެލުންތެރިންނަށް ބަލައިލެވޭނެ އެވެ. ލަލީގާ އަދި ޕްރިމިއާލީގުގެ މެޗްތައް އައިސް ޓީވީ އަދި އައިސް ސްޕޯޓްސް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.

ޗެމްޕިއަންސް ލީގުގެ މެޗްތައް ސޮނީ ޓެން 1، ސޮނީ ޓެން 2، ސޮނީ ޓެން 3 އަދި ސޮނީ ސިކްސް އިން ބެލޭނެ އެވެ. މި ހުރިހާ މެޗެއްވެސް އެމްއެސް އެޕްއިން ކޮންމެތާކު ހުރެގެން އަމިއްލަ ފޯނުން ވެސް، ނޫނީ ޓީވީއާ ދުރުގައި ހުންނަ ހާލަތުގައި ލެޕްޓޮޕް ނުވަތަ އައިޕެޑުންވެސް ބަލައިލެވޭނެ އެވެ. ދައްކާ ވަގުތު ނުބެލިއްޖެނަމަ، ކެޗް އަޕް ސާވިސް މެދުވެރިކޮށް ހަތަރު ދުވަސް ކުރީގެ މެޗްވެސް ބަލައިލެވޭނެ އެވެ.

މިހާރުވެސް މީޑިއާނެޓް ގެންގުޅޭ ކަސްޓަމަރުންނަށް އެއްވެސް އަގަކާ ނުލައި އެމްއެސް އެޕް މެދުވެރިކޮށް ޗެނަލްތައް ލިބިގެންދާނެ އެވެ. އަދި މީޑިއާނެޓާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް "އެމްއެސް ކޮނަބޯ" ޕެކޭޖް ނަންގަވައިގެން މި ދެންނެވި ޗެނަލްތައް އެންމެ 74ރ. އަށް ލިބޭނެ އެވެ.

ހަތްދިހަ ހަތަރު ރުފިޔާއަށް ލިބޭ ޗެނަލްތަކުގެ އިތުރުން ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ)ގައި ހިމެނޭ ތަފާތު ފިލްމް އަދި ސީރީޒް ބަލައިލެވޭނެ އެވެ. މީގެ ތެރޭގައި މީޑިއާނެޓް އޮރިޖިނަލްސް ގާލް ފްރެންޑްސް، ގިރިދާ، އަނދިރިކަން ފަދަ ފިލްމް އަދި ސީރީޒް ހިމެނެ އެވެ. މީޑިއާނެޓް ކަސްޓަމަރުންނަށް ވީޑިއޯ އޮން ޑިމާންޑް 49 ރުފިޔާ އަށް ލިބިގެންދާނެ އެވެ.