އެޑްވަޓޯރިއަލް

އައިސް ޓީވީ އަދި އައިސް ސްޕޯޓްސް ޓީވީ އިން ވަޒީފާގެ ގިނަ ފުރުސަތުތަކެއް

އައިސް ޓީވީ އަދި އައިސް ސްޕޯޓްސް ޓީވީ އިން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައިސް ޓީވީ އަދި އައިސް ސްޕޯޓްސް ޓީވީ އިން ބްރޯޑްކާސްޓިން ދާއިރާ އާއި ގުޅުންހުރި ހަ ވަޒީފާއެއް ވަނީ އިއުލާނުކޮށްފަ އެވެ. އެގޮތުން ޓީވީ ޕްރޮޑިއުސަރުންނާއި، ސްޕޯޓްސް ޕްރޮޑިއުސަރުން، ޕްރެޒެންޓަރުން، ސްޕޯޓްސް ޕްރެޒެންޓަރުން، އެކްޓަރުން އަދި ކޮމެޑީ އެކްޓަރުން ހިމެނެ އެވެ.

މީގެ އިތުރުން ވެސް ތަފާތު އެކި ހުނަރުތަކަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އައިސްގެ ސޯޝަލްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ.

އައިލެންޑް ކޮމިއުނިކޭޝަން އެންޑް އެންޓަޓެއިންމަންޓް (އައިސް) އަކީ 2014 ވަނަ އަހަރުގެ ޖޫން މަހު ވުޖޫދަށް އައިސް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ރޮގުން އާންމުންގެ މަގުބޫލުކަން ހޯދަމުންދާ ޓީވީ ޗެނަލެކެވެ.

އައިސް ސްޕޯޓްސް އަކީ ރާއްޖޭގައި އެންމެ ފުރަތަމަ 24 ގަޑިއިރަށް ކުޅިވަރަށް ހާއްސަކުރި ޗެނަލް އެވެ. މި ޗެނަލުން ރާއްޖޭގެ ތަފާތު ކުޅިވަރު މުބާރާތްތަކާއި ބޭރުގެ އެކިއެކި ކުޅިވަރު މުބާރާތްތައް ވަގުތުން ދުރަށް ދައްކައިދެ އެވެ. އެގޮތުން، އިންގްލިޝް ޕްރިމިއާ ލީގުގެ ވޭތުވެދިޔަ ސީޒަނާއި، ބުންޑެސްލީގާ 20/21 ކަަވަރުކޮށްދީފައިވެ އެވެ.