އެޑްވަޓޯރިއަލް

ޕްލޭސްޓޭޝަނެއް ލިބޭ ލަކީ ޑްރޯއެއް މީޑިއާނެޓް މަލްޓިސްކުރީނުން ފަށައިފި

ޔޫރޯއާއި ކޮޕާ އެމެރިކާއަށް ހާއްސަކޮށްގެން ޕްލޭސްޓޭޝަނެއް ލިބޭ ލަކީ ޑްރޯއެއް މީޑިއާނެޓްގެ މަލްޓި ސްކްރީނުން ފަށައިފި އެވެ.

އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް އެމްއެސް ކޮމްބޯ ނުވަތަ އެމްއެސް ވީއޯޑީ އަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ފީފާ 21 އާއެކު ޕްލޭސްޓޭޝަން ފަހެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. ގުރުއަތު ނަގައި އެ އިނާމު ލިބޭ ފަރާތް ހާމަކުރާނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.

އޭގެ އިތުރުން އެ މުއްދަތުގެ ތެރޭގައި 5000 ރުފިޔާގެ ބީއެމްއެލްގެ ގިފްޓް ކާޑެއް ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތަށް ލިބޭނެއެވެ.

މިފެށޭ ކޮޕާ އެމެރިކާ އާއި ޔޫރޯގެ މެޗުތަކުގެ ސްކޯ ދިމާކުރާގޮތަށް މަލްޓި ސްކްރީންގެ އިންސްޓަގްރާމްގެ ޕޭޖުގައި މުބާރާތެއްވެސް ހުޅުވާލަން ވަނީ ނިންމައިފަ އެވެ. ރަނގަޅު ސްކޯ ދިމާކުރާ ފަރާތަކަށް އެމް އެސް ކޮމްބޯ ނުވަތަ އެމްއެސް ވީއޯޑީގެ ސަބްސްކްރިޕްޝަން މަސް ދުވަހަށް ހިލޭ ލިބޭނެ އެވެ.

މީޑިއާނެޓް މަލްޓި ސްކުރީނުގެ ވީޑިއޯ އޮން ޑިމާންޑުން ތަފާތު ފިލްމުތަކާައި ސީރީސް ތަކުގެ އިތުރުން ގިނަ ޗެނަލްތައް ވެސް ބަލައިލެވެ އެވެ. ހަމަ މި އެޕްލިކޭޝަން މެދުވެރިކޮށް ޔޫރޯ އަދި ކޮޕާ އެމެރިކާގެ ފޯރިގަދަ މެޗުތައް ފޯން، ޓެބްލެޓް އަދި ލެޕްޓޮޕް ބޭނުން ކޮށްގެން ކޮންމެތާކު ހުރެގެން ވެސް ބަލައިލެވޭނެ އެވެ.

އެމްއެސް ވީއޯޑީ އިން މީޑިޔާނެޓް އޮރިޖިނަލްސް ގައި ރޫމީ އާއި ޖަންނަތު، ލަމްސް ކިޗަން އަދި މަރިޔަމް ފަދަ ތަފާތު ޕްރޮގްރާމްތައް ހިމެނެ އެވެ.

މީޑިއާނެޓަށް އާ ކަސްޓަމަރުން ނުވަތަ ލޯކަލް ޕެކޭޖް ބޭނުންކުރާ ކަސްޓަމަރުންނަށް 150 ރުފިޔާއަށް އެމްއެސް ކޮމްބޯއަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. އަދި ބޭސިކް ނުވަތަ ފެމިލީ ޕެކޭޖް މިހާރު ގެންގުޅުއްވާ ފަރާތްތަކަށް 100 ރުފިޔާއިން އެމްއެސްވީއޯޑީއަށް ސަބްސްކްރައިބްކުރެވޭނެ އެވެ.

'ވޯންޓް އިޓް އޯލް' ބޭނުންކުރާ ކަސްޓަމަރުންނަށް 50 ރުފިޔާއަށް އެމްއެސް ވީއޯޑީއަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.
މީޑިއާ ނެޓްގެ މަލްޓި ސްކްރީން އެޕްލިކޭޝަން މި ލިންކުން ޑައުންލޯޑް ކުރެވޭނެ އެވެ. އަދި އަދި މީޑިއާނެޓްގެ ވެބްސައިޓުން ކުއިކްޕޭ މެދުވެރިކޮށް ސަބްސްކްރައިބް ކުރެވޭނެއެވެ.