އާސަންދަ

ސްޕެ ސްޕެސަލިސްޓުންގެ ދެވަނަ ބުރުގައި ހާހަކަށް ވުރެ ގިނަ ބަލިމީހުން ބަލައިފި

Nov 30, 2015

އާސަންދައިގެ ދަށުން ކުރިއަށް ގެންދާ ސްޕަ ސްޕެސަލިސްޓް ހިދުމަތުގެ ދެވަނަ ބުރުގެ ތެރެއިން 1080 މީހަކަށް ފަރުވާދީފި އެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ގެންދިޔަ ދެވަނަ ބުރުގައި އިންޑިއާގެ ހަތަރު ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ ސްޕެޝަލިސްޓް ޑޮކްޓަރުން ވަނީ ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ، ލ. ގަން ހއ. ދިއްދޫ، ބ. އޭދަފުށި، ށ. ފުނަދޫ އަދި މާލޭގައި ހުންނަ މޯލްޑިވިޔަން ބްލަޑް ސާވިސްގައި ވަނީ ބަލި މީހުން ބަލައިފަ އެވެ.

މިފަހަރު ފަރުވާދީފައިވާ ބަލިތަކަކީ؛ ހިތުގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ކަރުންމަތީގެ ބަލިތަކާއި ނާރުގެ ބަލިތަކާއި ނާރުގެ ސާޖަރީތަކާ ގުޅޭ ބަލިތައް އަދި ހަމުގެ ބަލިތަކެވެ.

މިފަހަރު ރާއްޖެ އައި ޑޮކްޓަރުންނަކީ އިންޑިއާގެ އިންޑިޔާގެ ގްލޯބަލް ހޮސްޕިޓަލާއި، އިންޑިޔާގެ މަނީޕާލް ހޮސްޕިޓަލުގެ އިތުރުން އިންޑިޔާގެ ނަރަޔާނާ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ބޭފުޅުންނެވެ.

ރައީސް އަބްދުﷲ ޔާމީން އިސްނަގަވައިގެން ފެށި މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މިއަހަރުގެ ކުރީކޮޅުގަ އެވެ. މި ސަރުކާރުން ވަނީ ހުރިހާ ބަލިތަކަކަށް އަދި ހާއްސަގޮތެއްގައި ދާއިމީކޮށް ފަރުވާ ހޯދަން ޖެހޭ ބޮޑެތި ބަލިތަކަށް ވަކި ލިމިޓެއް ނެތި ހިލޭ ފަރުވާ ކުރެވޭނެ، ހުސްނުވާ އާސަންދަ ތައާރަފްކޮށްފަ އެވެ.