އާސަންދަ

ފަރުވާ ހޯދުމަށް އެހެން ހޮސްޕިޓަލަކަށް ބަދަލުކުރަން ހޭދަވާ ހަރަދު އާސަންދައިން ދޭން ނިންމައިފި

0%
0%
0%

އާސަންދައިގެ ދަށުން ބޭރު ގައުމުތަކުގައި ފަރުވާ ހޯދަމުންދާ މީހުން އިތުރު ފަރުވާ ހޯދުމަށް ހޮސްޕިޓަލް ބަދަލުކުރާ ހާލަތުގައި ބަލި މީހާގެ އަތުން ނަގަމުން ދިޔަ ހަރަދު އާސަންދަ އިން ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނީ އާސަންދަ ސްކީމުގައި ރަޖިސްޓާ ކޮށްފައިވާ ބޭރު ގައުމުތަކުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ވަޒަންކުރާ ނިޒާމެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

މިނިޒާމުގެ ދަށުން ބަލިމީހާގެ އަތުން ހަރަދެއް ކުރުމަކާ ނުލައި ހޮސްޕިޓަލް ބަދަލުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އާސަންދައިގެ ދަށުން ބޭރު ގައުމުތަކުގައި ފަރުވާ ހޯދަމުންދާ މީހުން އިތުރު ފަރުވާ ހޯދުމަށް ހޮސްޕިޓަލް ބަދަލުކުރާ ހާލަތުގައި ބަލި މީހާގެ އަތުން ހަރަދުކުރަންޖެހުމަކީ ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުންދާ މީހުން އަބަދުވެސް ކުރަމުން ދިޔަ ޝަކުވާ އެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910