ރައްޔިތުންގެ މަޖިލިސް

ބައެއް ބޭސް ނުލިބޭ މައްސަލަ ހައްލުކޮށްދޭން އެދިއްޖެ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) -- ފޮޓޯ: މަޖިލިސް
0%
0%
0%

މުހިންމު ބައެއް ބޭސްތައް ނުލިބޭ މައްސަލަ ހައްލުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އާސަންދައިގައި އެދިއްޖެ އެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާއަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ ޑޮކްޓަރުން ލިޔެދޭ ބޭސް އަމިއްލަ ފާމަސީތަކުން އާސަންދައިގެ ދަށުން ނުލިބޭ ކަމަށެވެ.

ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށްވެސް ރާއްޖޭން ނުލިބޭ ކަމަށާއި މިއީ ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންގެ ކަންބޮޑުވުމެއް ކަމަށް ކުޑޫގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ޑޮކްޓަރުން ލިޔެދޭ ބޭހުގެ ޑޯޒޭޖު ހަމައަށް ނުލިބޭ މައްސަލަވެސް އާންމުވެފައިވާ ކަމަށް ސިޓީގައި ކުޑޫ ވިދާޅުވި އެވެ.

ހަކުރު ބައްޔާއި ކެންސަރު ފަދަ ބަލިތަކަށް ދާއިމީކޮށް ބޭނުންކުރަންޖެހޭ ބޭސްތަކަކީ އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސް ކަމަށް ކުޑޫ ވަނީ ވިދާޅުވެފަ އެވެ.

ކުޑޫގެ ސިޓީގައި ވަނީ ބޭސް ލިބުމުގައި ލޮޅުންތަކެއް އަރައިގެން އުޅެނީ ކީއްވެތޯ އަދި އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910