އާސަންދަ

ބޭސް ދޫކުރާއިރު ޑިސްޕެންސް ކޯޑު ފޮނުވަން އަލުން ފަށައިފި

މާލޭގައި ހުރި ފާމަސީތަކެއް -- ފޮޓޯ: އަވަސް
0%
0%
0%

އާސަންދަ ސްކީމުގެ ދަށުން ބޭސް ސިޓީއަށް ބޭސް ދޫކުރާއިރު "ޑިސްޕެންސް ކޯޑު" ފޮނުވަން އަލުން ފަށައިފި އެވެ.

އާސަންދަ ކުންފުނިން ބުނީ އާސަންދަ ސްކީމުގެ ދަށުން ބޭސް ދޫކުރާއިރު ބޭހާ ހަވާލުވާ މީހާގެ ފޯނަށް "ޑިސްޕެންސް ކޯޑު" އަލުން ފޮނުވަން ފެށީ މިއަދު އެވެ.

އެ ގޮތުން ބޭހާ ހަވާލުވާން އަންނަ މީހާގެ އައިޑީކާޑު ފާމަސިސްޓަށް ދެއްކުމަށްފަހު އެ މީހާގެ ފޯނު ނަންބަރު ދިނުމުން އެ ނަންބަރަށް ޑިސްޕެންސް ކޯޑެއް ފޮނުވާނެ ކަމަށާއި ފާމަސިސްޓަށް ބޭސް ދޫކުރެވޭނީ އެ ކޯޑު އާސަންދަ ޕޯޓަލަށް އެންޓާކޮށްގެން ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.

މީގެ ކުރިންވެސް އާސަންދަ ސްކީމްގެ ދަށުން ބޭސް ސިޓީއަށް ބޭސް ދޫކުރާއިރު ޑިސްޕެންސް ކޯޑެއް ފޮނުވި އެވެ.

މެދުކެނޑުމަކަށްފަހު ޑިސްޕެންސް ކޯޑު އަލުން ފޮނުވަން ފަށާފައިވާއިރު އާސަންދަ ނިޒާމު އިސްލާހުކޮށް ހަރަދު ކުޑަކުރަން އަންނަ އަހަރު ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910