ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ރާއްޖޭގެ ކޮވިޑް މަރު 234 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 72 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މިއީ މި މަހުގެ ތިންވަނަ ކޮވިޑް މަރެވެ. އަދި ރާއްޖެއިން ކޮވިޑްގައި މަރުވި 234 ވަނަ މީހާ އެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެ ބަލީގައި އެތައް ބަޔަކު މަރުވި ފަހުން ބަލީގެ ހާލަތު މިހާރު ދަނީ ރަނގަޅު ވަމުންނެވެ.

ކޮވިޑް ބަލީގައި ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ ދަށްވެފަ އެވެ.