ސާފް ޗެމްޕިއަންޝިޕް

ރާއްޖެ މޮޅުވެއްޖެ ނަމަ ފައިނަލާ ހަމަައަށް މިއުޒިކު ޝޯތަކެއް

Oct 12, 2021
14

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލާ ހަމައަށް ކޮންމެ ރެެއަކު ކާނިވާގައި މިއުޒިކު ޝޯތަކެއް ބާއްވަން ނިންމައިފި އެވެ.

އެކަން އިއުލާނު ކުރީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

މަހުލޫފް މިއަދު ވިދާޅުވީ ފޯރިނަގާލާ ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ‏ޔޫތު މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އަދި މާދަމާ ހަވީރުން ފެށިގެން ކާނިވަލުގަ މެޗު ބެލުން ކުރިއަށް ގެންދާއިރު މިޔުޒިކް ޝޯވް އެއް ކުރިއަށް ގެންދަން ރޭވިފައިވާ ކަމަށެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި ‏މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު ޝޯވް ބާއްވާ ގޮތަށް އޮތީ ރާއްވާފައެވެ.

މިނިސްޓަރުގެ މި ނިންމުމަށް ދީނީ އިލްމުވެރިން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރޭ 9:00 ޖަހާއިރު ގަލޮޅު ރަސްމީ ސްޓޭޑިއަމްގަ އެވެ. މިއީ މުބާރާތުގެ ލީގު ބުރުގައި ކުޅޭނެ އެންމެ ފަހު މެޗެވެ.