އަހުމަދު މަހްލޫފު

ހޯމް އެންޑް އަވޭ ނުކުޅެވެނީ ފައިސާ ނެތުމުން: މަހުލޫފް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް
0%
0%
0%

ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން ފުޓްބޯޅަ ނުކުޅެވެނީ ފައިސާ ނެތުމުގެ ސަބަބުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅުމާގުޅޭ ގޮތުން ސުވާލުކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ. މެންބަރު ވަނީ ހޯމް އެންޑް އަވޭ އުސޫލުން ލީގް މެޗުތައް ކުޅުމަށް ގައުމީ ތާވަލެއް ތައާރަފުކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަމެއްކަން ފާހަގަކުރައްވާފަ އެވެ.

"ލާރި ނެތިއްޔާ ކިހިނެތް އަޅުގަނޑުމެން ހޯމް އެންޑް އަވޭ ކުޅޭނީ ރާއްޖޭގައި،" މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ އެހެން ކުޅިވަރުތައް ދޫކޮށްލުމަށްފަހު މިނިސްޓްރީގެ ބަޖެޓުން ހަމައެކަނި ހޯމް އެންޑް އަވޭ އުސޫލުން ފުޓްބޯޅައަށް ހަރަދުކުރުން ގަބޫލު ނުކުރައްވާ ކަމަށެވެ.

"ހަމައެކަނި ފުޓްބޯޅައަށް އެ ލާރިތައް ދޫކޮށްލާފަ އެހެން ކުޅިވަރުތައް ދޫކޮށްލަން ކުރާވަރުގެ ކަމެއް ކަމަށް އަދިއެއް އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ހޯމް އެންޑް އަވޭ އުސޫލުން ލީގު މެޗުތައް ކުޅުމަކީ މިހާރު އޮތް ބަޖެޓުން ހަމައެކަނި ފުޓްބޯޅައަށް ހަރަދުކުރުމަށްވުރެ ބޮޑު މަސައްކަތެއް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910