ޔޫތު މިނިސްޓްރީ

ޖަމިއްޔާތަކެއް އުވާލަން ނެރުނު ލިސްޓް ބާތިލްކޮށްފި

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ލިޔެކިޔުންތައް ފުރިހަމަނުވުުގެ ސަބަބުން ކަމަށް ބުނެ އުވާލުމަށް ނިންމި ޖަމިއްޔާތަކުގެ ނަންތައް ހިމެނޭ ލިސްޓް ބާތިލްކޮށްފި އެވެ.

ޔޫތު މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު މި ލިސްޓް އާންމުކުރިއިރު 1،989 ޖަމިއްޔާއެއް އުވާލަން ނިންމާ ލިސްޓްގައި ހިމަނާފައި އޮތެވެ.

އުވާލަން ނިންމި ޖަމިއްޔާތަކުގެ ތެރޭގައި ވަރަށް ހަރަކާތްތެރި އަދި ލިޔެކިޔުންތައް ރަނގަޅަށް ފުރިހަމަކޮށްފައިވާ ބައެއް ޖަމިއްޔާތައްވެސް ހިމެނެ އެވެ. އަދި ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް އުވާލުމުގެ ބާރު ލިބިފައި ނުވާ ބައެއް ގައުމީ އެސޯސިއޭޝަންތައް ވެސް ލިސްޓްގައި ހިމެނެ އެވެ. މީގެތެރޭގައި ވޮލީބޯލް އެސޯސިއޭޝަން ހިމެނެ އެވެ.

ލިސްޓް އާންމުކުރުމާ އެކު އެތައް ޖަމިއްޔާއެއްގެ ޝަކުވާ ލިބުމާ ގުޅިގެން ލިސްޓް ބާތިލްކުރީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަންގަވައިގެންނެވެ.

މިނިސްޓްރީން ބުނި ގޮތަށް އުވާލުމަށް ނިންމި މަދަނީ ޖަމިއްޔާތަކަކީ މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ޖަމިއްޔާތަކެވެ. ނުވަތަ އެ ޖަމިއްޔާއެއްގެ ހިންގާ ކޮމިޓީ ރަޖިސްޓްރިކޮށްފައި ނުވާ ޖަމިއްޔާތަކެވެ.

ލިސްޓް ކޮށްފައިވާ ޖަމިއްޔާއެއް އުވާލުން ހުއްޓުވުމަށް އެދޭނަމަ މިއަހަރުގެ ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެކަން މިނިސްޓްރީއަށް އެންގުމަށްވެސް ޔޫތު މިނިސްޓްރީން އެދުނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910