މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މޫސުން ގޯސްވެ މުޅި ރާއްޖެއަށް އެލާޓް

ރާއްޖޭގެ މޫސުން ގޯސްވެ މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ދެންމެ ބުނީ މާދަމާ ހެނދުނު 8:30 ގެ ނިޔަލަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުމުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެހެން ކަމުން ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ވައިގަދަ ކަނޑުގަދަ ދުވަސްވަރެކެވެ.