މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މޫސުން އިތުރަށް ގޯސް، 55 މޭލަށް ވައިގަދާނެ

Oct 16, 2021

ރާއްޖޭގެ މޫސުން ގޯސްވެ މުޅި ރާއްޖެއަށް ރޭ ނެރުނު ޔެލޯ އެލާޓް މިރޭ 8:30 ގެ ނިޔަލަށް ދަންމާލައިފި އެވެ.

މެޓް އޮފީހުން ބުނީ މޫސުމީ އިންޒާރުގެ ވަގުތު އިތުރުކުރީ އަދިވެސް މޫސުން ގޯސްވުމުން ކަމަށެވެ. ޔެލޯ އެލާޓް ދަންމާލާފައިވަނީ ހަވީރު 8:30 ގެ ނިޔަލަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރު މިނުމުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެހެން ކަމުން ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ވައިގަދަ ކަނޑުގަދަ ދުވަސްވަރެކެވެ.