ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ހުޅުމާލެ ކޮވިޑް ފެސިލީޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ. އޭނާ މަރުވެފައިވަނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިއީ މި މަހުގެ ހަ ވަނަ ކޮވިޑް މަރެވެ. އަދި ރާއްޖެއިން ކޮވިޑްގައި މަރުވި 238 ވަނަ މީހާ އެވެ.
ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 111 މީހުނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 13 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އޭގެތެރެއިން 84 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 14 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 86،088 އަށް އަރާފަ އެވެ.