އެމްއެންޔޫ އިން ބާއްވާ ފުރަތަމަ ބުކް ފެއާ މިއަދު ފަށައިފި އެވެ.
އެމްއެންޔޫ ބުކް ފެޔާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މި ފެއާ އެމްއެންޔޫގެ މައި މަރުކަޒުގަ އެވެ.
ބުކް ފެއާގައި ބަހައްޓާފައިވަނީ ދިވެހި ބަހުގެ އެކިއެކި ލިޔުންތަކާއި ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ އެކިއެކި ފޮތްތައް ކަމަށެވެ. އަދި ތަފާތު ނުވަ ފަރާތަކުން 1،300 އަށް ވުރެ ގިނަ ވައްތަރުގެ ފޮތް ވަނީ ފެއާ އަށް ހުށަހަޅާފަ އެވެ.
ސްޓޯލްތަކުން ފޮތް ގަތުމުގެ ފުރުސަތު ވެސް ވަނީ ފެއާގައި ވަނީ ހުޅުވާލާފަ އެވެ.
ބުކް ފެއާ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް އަދި 2:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް ހާއްސަކޮށްފައިވަނީ ކުޑަކުދިންނަށެެވެ.