ގައުމީ ޔުނިވާސިޓީ

އެމްއެންޔޫގެ ފިޝަރީޒް ކޮލެޖުގެ ފުރަތަަމަ ޑީން އަކަށް ޑރ. ރިޔާޒު ޖައުހަރީ

އެމްއެންޔޫގެ ފިޝަރީޒް ކޮލެޖުގެ ފުރަތަަމަ ޑީން ޑރ. އަހްމަދު ރިޔާޒު ޖައުހަރީ
0%
0%
0%

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއަށް ފުރަތަމަ ފަހަރަށް ޑީން އެއް ހަމަޖައްސައިފި އެވެ.

އެމްއެންޔޫގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި މި މަގާމަށް އައްޔަންކުރީ ޑރ. އަހްމަދު ރިޔާޒު ޖައުހަރީ އެވެ.

ޑރ. ރިޔާޒު ޕީއެޗްޑީ ހާސިލްކުރެއްވީ ފްރާންސްގެ ޔުނިވާސިޓީ އޮފް މޮންޓްޕެލިއާ އިން ފަންކްޝަނަލް އިކޮލޮޖީގެ ދާއިރާއިންނެވެ. އޭނާ މާސްޓާސް ހެއްދެވީ އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވާސިޓީގެ އެމްއޭއެސްސީންނެވެ.

ޑީންގެ މަގާމަށް އައްޔަންކުރުމުގެ ކުރިން އެންމެ ފަހުން ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައެވެ.

މިރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ އެ ޔުނިވަސިޓީގައި މުޅިން އަލަށް ގާއިމުކުރި ފިޝަރީޒް ކޮލެޖާ އެކު ރާއްޖޭގައި ތިބެގެން މަސްވެރިކަމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރުމަށް ތަފާތު ގިނަ ފުރުސަތު ތަކެއް މުސްތަގުބަލްގައި ފަހިވެގެންދާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އެމްއެންޔޫގެ ފިޝަރީޒް ކޮލެޖު ވާނީ ހަމައެކަނި ކިޔަވައިދޭ ތަނެއްގެ އިތުރުން މާހައުލީ ނިޒާމު ދެނެގަނެ ކުރިއަށް ޖީލުތަކަށް އަޅުގަނޑުމެންގެ ދިރުންތައް ގެންގޮސްދޭނެ ތަނަކަށް ކަމަށެވެ.

އެމްއެންޔޫގައި ފިޝަރީޒް ކޮލެޖެއް ގާއިމުކުރަން ފިޝަރީޒް މިނިސްޓްރީ އާއި އެމްއެންޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ޑިސެމްބަރު 27 ގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910