ޑރ. އަލީ ހައިދަރު އަހުމަދު

އިމާރާތްތަކުގެ މަރާމާތަށް ތަމްރީން ލިބިފައިވާ މީހުން ބޭނުންވޭ: ހައިދަރު

ޑރ. އަލީ ހައިދަރު އަހުމަދު -- ފޮޓޯ: އަވަސް
0%
0%
0%

އުސް އިމާރާތްތަކުގެ މެއިންޓަނަންސް ބެލެހެއްޓުމަށް ތަމްރީން ލިބިފައިވާ މީހުން ތިބުން މުހިންމު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

އިމާރާތްތަކާ ގުޅޭ ކަންކަމަށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ސްޓްރާޓާ މެނޭޖްމަންޓް ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ އުސް އިމާރާތްތަކުގައި މީހުން ދިރިއުޅެމުން ދިޔަ ނަމަވެސް އެ އިމާރާތްތަކުގެ މެއިންޓަނަންސްގެ މަސައްކަތަށް ޒިންމާވާނެ ބަޔަކު ނެތް ކަމަށެވެ.

"ޕްރޮޕަޓީ މެއިންޓަނަންސަކީ ބޮޑެތި ކުންފުނިތަކަށްވެސް ކުރެވިދާނެ ކަމެއް. ނޫނީ ވަކި ފަރުދުންނަށްވެސް ކުރެވިދާނެ ކަމެއް،" ހައިދަރު ވިދާޅުވި އެވެ.

ވަޒީރު ވަނީ އިމާރާތްކުރުމާބެހޭ ދާއިރާގެ އެކި ލެވެލްގެ ކޯސްތައް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސްޓްރާޓާ މެނޭޖްމަންޓް ކޯހަކީ ރާއްޖޭގައި ކުރިއަށް ގެންދެވުނު އާ ދާއިރާއެއްގެ ކޯހެކެވެ. މި ކޯހުގެ ބޭނުމަކީ އިމާރާތްކުރުމަށް ޑިވެލޮޕަރުންނަށް ފުރުސަތު ފަހިކޮށްދިނުމެވެ.

މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ގައުމީ ޔުނިވާސިޓީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީ ގުޅިންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910