ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ދެ ޔުނިވާސިޓީގެ 32 ދަރިވަރަކަށް ޗައިނާއިން އެހީ ދީފި

ޗައިނާ އިން އެހީ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއެންޔޫ
0%
0%
0%

މަތީ ތައުލީމު ހާސިލް ކުރާ ދިވެހި 32 ދަރިވަރަކަށް ޗައިނައިން އެހީ ދީފި އެވެ.

ގައުމީ ޔުނިވާސިޓީގައި އިއްޔެ ބޭއްވި ބާސާ އެވޯޑު ދިނުމުގެ ރަސްމިއްޔަތުގައި ޗައިނާއިން ދޭ ބާސާ އެވޯޑު ދިވެހި 32 ދަރިވަރަކަށް ވަނީ ދީފަ އެވެ.

ބަސާ އެވޯޑަކީ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ޗައިނާގެ ސަރުކާރުން ދޭ އެވޯޑެކެވެ. މިއެވޯޑުގެ ދަށުން ކޮންމެ ދަރިވަރަކަށް 10،000 ރުފިޔާ ދީފައިވެ އެވެ. އެހީ ދީފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ހޮވާލެވުނު ދަރިވަރުންތަކަކަށެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް ގިނަ ދާއިރާތަކަކުން ބޮޑެތި އެހީތަކެއް ދޭ ގައުމެކެވެ. މަތީތައުލީމުގެ ސްކޮލާޝިޕްގެ ފުރުސަތުތަށްވެސް ޗައިނާ އިން ފަހިކޮށްދެ އެވެ.

މިރަސްމިއްޔަތުގައި ދަރިވަރުންނަށް އެހީ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލިޒިން އެެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910