މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީ ރަޖިސްޓްރީކޮށްފި

އެމްއެންޕީގެ ރަޖިސްޓްރޭޝަން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްއެންޕީ
0%
0%
0%

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި އެވެ.

އެމްއެންޕީން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީީގެ ގާނޫނު ގެ ދަށުން އެމްއެންޕީ މިއަދު ރަސްމީކޮށް ރަޖިސްޓްރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށެވެ.

އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ހުށަހަޅާފައިވަނީ މިދިޔަ މަހު 15 ގައި 5،000 މެންބަރުންނަށް ވުރެ ގިނަ ފޯމާ އެކުގަ އެވެ.

އެމްއެންޕީގެ ރައީސް އަކީ އެ ޕާޓީގެ އެއް މުއައްސިސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.

އެމްއެންޕީގައި ހަ ނާއިބު ރައީސުން ތިއްބަވަ އެވެ. އިންތިހާބަކަށް ނުގޮސް ހަތަރު ނާއިބު ރައީސުން ވަނީ މަގާމުތަކަށް ހޮވިފަ އެވެ. އެއީ އުތުރު ރީޖަންގެ ނާއިބު ރައީސަކަށް ހުސައިން އިސްމާއީލް އާއި މެދު ރީޖަންގެ ނާއިބު ރައީސަކަށް އަހްމަދު އުޝާމް އާއި މެދު ދެކެނު ރީޖަންގެ ނާއިބު ރައީސަކަށް އަބްދުﷲ ރިޔާޒު އާއި ދެކުނު ރީޖަން އަށް އަހްމަދު ޝަރީފެވެ.

އެމްއެންޕީގެ މަތި އުތުރު ރީޖަންގެ ނާއިބު ރައީސަކީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ. އަންހެން ބޭފުޅުންގެ ތެރެއިން ނައިބު ރައީސުންގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ މިރުފަތު އިސްމާއީލް ޝަފީގު އެވެ. އަންހެނުންގެ ވިންގުގެ ލީޑަރަކީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެވެ. އަދި އެ ޕާޓީގެ ޒުވާނުންގެ ވިންގުގެ ލީޑަރަކީ އުމައިރު އަހްމަދެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެދެދަރި ކޮއްކޮ އަހްމަދު އުޝާމަށް ދީފައިވަނީ ޖުލައި 15 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910