ދިރާގު

ދިރާގު ކަސްޓަމަ ސާވިސް އޮފީސް ހެޑް އޮފީހަށް ބަދަލު ކުރަނީ

Dec 3, 2015

ރާއްޖޭގެ އެންމެ ފުރަތަމަ ޓެލެކޮމް ކުންފުނި ދިރާގުގެ ކަސްޓަމަ ސާވިސް އޮފީސް އެ ކުންފުނީގެ ހެޑް އޮފީހަށް ބަދަލު ކުރަން ނިންމައިފި އެވެ.

ދިރާގުން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން، އިސްލާމީ މަރުކަޒު ކައިރީ ހުންނަ އެ ކުންފުނީގެ ކަސްޓަމަ ސާވިސް ހެޑް އޮފީސް ދެން ހުންނާނީ މާފަންނު، އަމީނީ މަގުގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުގައި ކަމަށެވެ. ދިރާގުން ބުނީ އެ ބަދަލު ގެނައުމުގެ މަގުސަދަކީ އެ ކުންފުނިން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ފުޅާކުރުން ކަމަށެވެ.

ދިރާގުގެ ހެޑް އޮފީސް މިހާރު ހުންނަ މަގަކީ ދުއްވާ އެއްޗިއްސަށް ވަނުން މަނާ ސަރަހައްދަކަށް ވާތީ އެތަނަށް ހިދުމަތް ހޯދަން ދިޔުން ވެސް އޮންނަނީ ފަސޭހަކަމަކަށް ނުވެފަ އެވެ. އެ ކުންފުނިން ބުނީ ކަސްޓަމަސާވިސް އޮފީސް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި މިރެއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކަސްޓަމަސާވިސްގެ ހިދުމަތްތައް ހުއްޓޭނެ ކަމަށެވެ. އެހެން ނަމަވެސް އާދިއްދަ ދުވަހު މާ ފުރިހަމަ ކަމާ އެކު، ހެޑް އޮފީގުން ކަސްޓަމަ ސާވިސްގެ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް ބުންޏެވެ.

ދިރާގުގެ ކަސްޓަމަ ސާވިސް އޮފީސް ބަންދުވި ނަމަވެސް، އޮންލައިންކޮންނާއި، ސޭލްސް އެޖެންޓުންގެ ޒަރިއްޔާ އިން އަދި ކޯލް ސެންޓަރު މެދުވެރިކޮސް ކަސްޓަމަ ސާވިސް ހިދުމަތްތައް ބުރުލެއް އެރުމެއްނެތި ލިބޭނެ އެވެ.