ރައްޔިތުންގެ މަޖިލިސް

އައިޕީޓީޕީގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވަނީ

ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ގްލޯބަލް ކައުންސިލް ފޯ ޓޮލަރެންސް އެންޑް ޕީސްގެ އިންޓަނޭޝަނަލް ޕާލިމަންޓް ފޯ ޓޮލަރެންސް އެންޑް ޕީސް (އައިޕީޓީޕީ)ގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވާން މަޖިލީހުގެ އާންމު ކޮމީޓީން ނިންމައިފި އެވެ.

އައިޕީޓީޕީގައި ރާއްޖެއިން ބައިވެރިވާން މެދުވެރިއެއްގެ ބައި އަދާކުރެއްވީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އެވެ.

މިއީ މީގެ ދެ މަސް ކުރިން ޔޫރަޕްގެ ގައުމެއް ކަމަށްވާ މޮންޓެނީގްރޯގައި އޮތް އައިޕީޓީޕީގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ހޯއްދެވި ފުރުސަތެއް ކަމަށް ހުސައިން އަވަސް އަަށް ވިދާޅުވި އެވެ.

އައިޕީޓީޕީގައި ބައިވެރިވާން އާންމު ކޮމިޓީން ނިންމިއިރު އެކަމާ ގުޅޭ އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

އައިޕީޓީޕީ އަކީ ގްލޯބަލް ކައުންސިލް ފޯ ޓޮލަރެންސް އެންޑް ޕީސްގެ ލެޖިސްލޭޓިވް ބޮޑީ އެވެ. ގްލޯބަލް ކައުންސިލް ފޯ ޓޮލަރެންސް އެންޑް ޕީސް އުފެއްދީ 2017 ވަނަ އަަހަރު މޯލްޓާގަ އެވެ.

ގްލޯބަލް ކައުންސިލް ފޯ ޓޮލަރެންސް އެންޑް ޕީސްގައި ދުނިޔޭގެ 70 އަށް ވުރެ ގިނަ ޕާލިމަންޓް ހިމެނޭ އިރު އެ ޖަމިއްޔާގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ދުނިޔޭގައި ސުލްހައާއި އަމަން އަމާންކަން ފެތުރުމަށް މަސައްކްތް ކުރުން ހިމެނެ އެވެ.

މީގެއިތުރުން ހަރުކަށި ފިކުރާއި ބަލިމަޑުކަން ފަދަ މައްސަލަތަކުގައި ދައުލަތްތަކަށް އެއްބާރުލުން ދިނުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.