ރައްޔިތުންގެ މަޖިލިސް

ރައީސާއި ނައިބު ވަކިކުރެވޭ މާއްދާގެ އިސްލާހުތައް ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް ގެނައި އިސްލާހުތައް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހުތައް ފާސްކުރަން ފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް 10 މެންބަރުން ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް އެވެ.

ގަވާއިދަށް ގެނައި ބަދަލުތައް

  • ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހަށް ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވުން.
  • ނޯޓިސް ދިން ދުވަހުން ފެށިގެން 14 ދުވަސް ބެލުމަށްފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުން.
  • މިފަދަ ގަރާރެއްގެ ބަހުސް ތިން ގަޑިއިރަށް ވުރެ އިތުރު ނުކުރުން.
  • ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖަވާބުދާރީވުމަށް 30 މިނެޓްގެ ވަގުތު ދިނުން.
  • ވަކީލުންނާ އެކު ޖަވާބުދާރީވުމަށް އެދިވަޑައިގަންނަވާނަމަ ގިނަވެގެން ތިން ވަކީލުންނަށް ފުރުސަތު ދިނުން.
  • މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދަން އެ ޖަލްސާގައި ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމައިފިނަމަ އެ މައްސަލަ ދިރާސާކުރުމަށް ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައި މައްސަލަ ކޮމިޓީއަށް ފޮނުވުން.

މިހާތަނަށް އަމަލުކުރަމުން އައި މަޖިލީހުގެ ގަވާއިދުގައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމުގެ ގަރާރަށް ބަހުސްކުރެވޭނީ ގިނަވެގެން ދެ ގަޑިއިރަށެވެ.

މީގެ އިތުރުން މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު މަޖިލީހުން މިއަދު ފާސްކުރުމާއެކު މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މިއާއެކު އެމްޑީޕީއަށް އެއްވެސް އެހެން ޕާޓީއެއްގެ އެހީތެރިކަމާ ނުލައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ދުރުކުރެވޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910