މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ސެކްރެޓޭރިއެޓަށް މެންބަރުން އައްޔަންކޮށްފި

Oct 28, 2021

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސެކްރެޓޭރިއެޓްގެ މަގާމުތަަކަށް މެންބަރުން އައްޔަން ކޮށްފި އެވެ.

އެ ޕާޓީންް ބުނީ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އިދާރީ ކަންކަން ކުރުމަށް ސެކްރެޓޭރިއެޓްގެ މަގާމުތަކަށް މެންބަރުން އައްޔަން ކޮށްފައިވާ ކަމަށެވެ. އެ މަގާމުތަކަށް މެންބަރުން އައްޔަން ކޮށްފައި ވަނީ ޕާޓީގެ އެގްޒެކްޓިވް ކައުންސިލުގެ ރުހުމާއެކު ޕާޓީގެ ރައީސް ކަމަށެވެ.

އެމްއެންޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކޮށްފައިވަނީ ރާބިހު މުހައްމަދެވެ. ޓްރެޒަރާއަކީ އަބްދުއްރަޝީދު ހަސަނެވެ. ރަޖިސްޓްރާއަކީ މުހައްމަދު ޝިހާބެވެ. އަދި ޑެޕިއުޓީ ރަޖިސްޓްރާއަކީ މުހައްމަދު ހާނިމެވެ.

ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ވަގުތީ ގޮތުން އެ މަގާމު ފުރުއްވި އަސްރާ އަހުމަދާއި އަހްމަދު އަނޫޝް އެވެ.