ދުނިޔެ

އިންޑިއާ ކަނޑަށް 7.1 މެގްނެޓިއުޑް ބާރު މިނުގެ ބިންހެލުމެއް

Dec 5, 2015

އިންޑިއާ ކަނޑުގެ އިރުދެކުނު ބިތަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ ސެންޓަރުން ބުނެފައި ވަނީ ބިންހެލުން ރިކޯޑްކުރެވިފައި ވަނީ 7.1 މެގްނެޓިއުޑްގެ ބާރު މިނުގައި ކަމަށެވެ.

ބިންހެލުން އައީ ބިމުގެ 10 ކިލޯމީޓަރު އަޑިއަަށެވެ. އޮސްޓްރޭލިއާގެ ޕާތުގެ އައްސޭރިފަށާ ގާތްގަނޑަކަށް 2،000 މޭލު ބޭރަށެވެ.

މި ބިންހެލުމާ ގުޅިގެން ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވެ އެވެ.