ދުނިޔެ

ދުބާއީ މެރީނާގައި ޝީޝާ ބޯލެއް ގިނަވެ ޝަކުވާ ބޮޑުވެއްޖެ

Dec 7, 2015

ދުބާއީގެ އެންމެ ހިތްގައިމު ހިސާބު، ދުބާއީ މެރީނާގައި ހުންނަ ކެފޭތަކުގައި ޝީޝާ ބޯލެއް މާ ގިނަ ކަމުން އެކަމުގެ އުނދަގޫ ބޮޑުވެ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޝަކުވާތައް ފުނިޖެހިއްޖެ އެވެ.

ބޮޑު އަގު ދީގެން އެ ސަރަހައްދުގެ ލަގްޒަރީ ފްލެޓްތަކުގައި އުޅޭ އާއިލާތަކުން ދުބާއީގެ މުނިސިޕަލްޓީއަށް ހުށަހެޅި ޝަކުވާތަކުގައި ބުނެފައި ވަނީ، ޝީޝާ ބޯ ކެފޭތައް އޯޕަން އެއާކޮށް ހުރުމުގެ ސަބަބުން އޭގެން އަރާ ދުމާއި ވަހުގެ އަސަރު ފްލެޓްތަކުގެ ތެރެއަށް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވިހަ ދުމުގެ އަސަރު ކުޑަކުދިންނަށް ކޮށް ވައި ތަޣައްޔަރުވެ ފްލެޓްތަކުގެ ތެރޭގައި ވަސް ދުންފަތުގެ ނުބައި ވަސް ހިފާފައި ހުންނަ ކަމަށް ޝަކުވާތަކުގައިވެ އެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި ހުންނަ ކެފޭތަކަށް ޝީޝާ ބޯން އަންނަ މީހުން އަޑުގަދަކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކުރާތީ ކުޑަކުދިންނާ އެކު ބައެއް ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅެން ވެސް އުނދަގޫވާ ކަމަށް ބުނެ ވެސް ޝަކުވާތައް އަންނަނީ ލިބެމުން ކަމަށް ދުބާއީގެ މުނިސިޕަލްޓީ ޑިޕާޓްމަންޓުން ބުނެ އެވެ. އެ ޑީޕާޓްމަންޓުން ބުނި ގޮތުގައި ޝީޝާ ބޯތީ އެކަމުގެ އުނދަގުލާ ހެދި އެންމެ ފްލަޓަކުން ވެސް 30 އަށް ވުރެ ގިނަ ޝަކުވާ މިހާތަނަށް ހުށަހެޅިފައިވާ ކަމަށެވެ.

"ކުޑަކުދިންނާ އެކު އުޅެވޭ ރައްކާތެރި މާހައުލެއް ނޯވޭ. ޝީޝާގެ މުދުމުގެ އަސަރު އަންނަނީ ކުޑަކުދިންނަށް ވަރަށް ބޮޑަށް ކުރަމުން. ހާއްސަކޮށް ވީކެންޑާ ދިމާކޮށް ޝީޝާގެ ވަސް މުޅި ހިސާބުގައި މި އޮންނަނީ. ކެފޭތަކުން އެއްގޮތަކަށް ވެސް މުނިސިޕަލްޓީއިން ދީފައި ހުންނަ މިންގަނޑު ފުރިހަމައެއް ނުކުރޭ،" ފްލެޓަކުން ވާހަކަ ދެއްކި މީހަކު ޝަކުވާ ކުރި އެވެ.

ދުބާއީގެ މުނިސިޕަލްޓީ ގަވާއިދުތައް ބުނާ ގޮތުން ޝީޝާ ބޮވޭ ގޮތަށް ހުއްދަ ދީފައި ހުންނަ ކެފޭތައް ނޫނީ ރެސްޓޯރަންޓްތައް ހުންނަން ޖެހޭނީ ދުމުގެ އަސަރު ނުކުރާ ގޮތަށް ބަންދުކޮށްފަ އެވެ. އެހެން ނަމަވެސް އެ އުސޫލަށް އަމަލު ކުރުން ވަރަށް ކުޑަ ކަން މުނިސިޕަލްޓީއަށް ވެސް އޮތީ ފާހަގަވެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެސް މިކަހަލަ ޝަކުވާތައް ގިނަވެ، 336 ފަހަރެއްގެ މަތިން އިންސްޕެކްޓަރުން ވަނީ ކެފޭތަކަށް ޒިޔާރަތްކޮށް ބަލައިފަ އެވެ. އުސޫލުތަކާ ހިލާފުވެގެން 450 ތަނެއް ޖޫރިމަނާ ކުރަން ޖެހުނު ކަމަށް ހިސާބުތަކުން ދައްކަ އެވެ. ޝަކުވާތައް މުނިސިޕަލްޓީ އިން ވަނީ ދުބާއީ މެރިނާގައި ހުރި ކެފޭތައް 1،000 ޑޮލަރަށް ވުރެ މަތިން ޖޫރިމަނާ ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެކަމުގައި