މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލުނު އަންހެންކުއްޖާ ފެނިއްޖެ

ފުލުހުންގެ މައި މަރުކަޒު
0%
0%
0%

ރޭ ހުޅުމާލެން ގެއްލުނު، އަދި ރަހީނު ކުރި ކަމަށް ތުހުމަތުވި އަންހެންކުއްޖާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ އިން ރޭ 13 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން އުޅޭ ކަމަށް ދަންވަރު 12:50 ހާއިރު މައުލޫމާތު ލިބުނު ކަމަށާއި އޭނާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނު 6:17 ގައި އެ ކުއްޖާ ފެނިފައިވާ ކަމަށެވެ.

ރަހީނު ކުރި ކަމަށް ތުހުމަތުވެފައިވާ ކުއްޖާގެ ފެނުނު ތަނާއި އެ ކުއްޖާގެ ހާލުގެ އެއްވެސް ތަފްސީއެއް ފުލުހުން ނުދެ އެވެ. އެ އަންހެން ކުއްޖާ ރަހީނުކުރީ، އެ ކުއްޖާގެ އާއިލާގެ މީހަކު އެހެން މީހަކަށް ދޭންޖެހޭ ފައިސާތަކެއް ނުދީގެން ކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިން ރަހީނު ކުރުން ދަނީ ގިނަވަމުން ނެވެ. މި އަހަރުގެ ކުރީ ކޮޅުވެސް 13 އަހަރުގެ ފިރިހެން ކުއްޖެއް ވަނީ ރަހީނު ކޮށްފަ އެވެ. އެ ކުއްޖާ ފެނުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮއްވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910