އައިޝަތު މުހައްމަދު ދީދީ

މިނިސްޓަރުގެ ޓްވީޓް: ކުއްޖެއްގެ ފުރާނަ ދުއްވާލުމުން ކަރުނަ އަޅަން ޖެހޭ

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ: ކުޑަކުއްޖާ މަރާލުމަކީ މުޅި ގައުމަށް ލިބޭ ހިތާމައެއް ކަމަށް ވިދާޅުވި
0%
0%
0%

"ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަން ޖެހޭވަރު ކަމެއް" ކަމަށް ވިދާޅުވެ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ޓްވީޓެއް ކުރައްވައިފި އެވެ.

ޖެންޑާ މިނިސްޓަރު ޓްވީޓެއް ކުރައްވާ ވިދާޅުވީ ލޯތްބާއި އަޅާލުމާއި އަދި ރައްކާތެރިކަމުގައި ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ގައުމު ހިތާމަ ކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

އެކަމަނާ އެ އިޝާރާތް ކުރެއްވީ 13 އަހަރުގެ ކުޑަފިރިހެން ކުއްޖަކު ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު ރޭ މެންދަމު މަރާލައި އެއްލާލާފައި އޮއްވާ ފެނުނު ހާދިސާއަށް ކަމަށް ބެލެވެެ އެވެ. އެ ކުއްޖާ ފެނުނީ ހުޅުމާލެ ދެވަނަ ދިޔަވަހީގެ ގޮނޑުދޮށުންނެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. ގޮންޖެހުންތައް ނައްތާލަން ސަރުކާރާއި މުއައްސަސާތައް ގުޅިގެން މިހާރަށްވުރެ ބަދަހިކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކުޑަކުއްޖާގެ މަރު މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި އުމުރުން 27 އަހަރުގެ މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910