ވިޔަފާރި

އެއް ރުފިޔާއަށް ސައިކަލެއް ބޭނުންތަ؟ އެލިޔާއިން މުއްދަތު އިތުރުކޮށްފި

Dec 7, 2015
1
  • ޕްރޮމޯޝަންގައި ޑައުންޕޭމަންޓަކަށް ދައްކަން ޖެހެނީ އެއް ރުފިޔާ
  • 36 މަހަށް ބަހާލައިގެން ސައިކަލަށް ފައިސާ ދެއްކޭ

"އެއް ރުފިޔާއަށް ސައިކަލެއް" ބޭނުން ހެއްޔެވެ؟ އެއް ރުފިޔާއަށް ސައިކަލެއް ލިބޭނެ ހެއްޔެވެ؟ އާނއެކެވެ. ލިބިދާނެ އެވެ. އެލިޔާ އިން މިވަނީ އެއް ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކައިގެން ސައިކަލް ގަނެވޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފަ އެވެ.

އެލިޔާއަށް 50 އަހަރު ފުރުން ފާހަގަ ކުރުމާ ދިމާކޮށް، ފެށި، "ސައިކަލެއް 1ރ." ޕްރޮމޯޝަންގެ ދަށުން އިންސްޓޯލްމެންޓަށް ސައިކަލު ނެގުމަށް އަންނަ ކަސްޓަމަރުންނަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ ހަމަ އެންމެ ރުފިޔާ އެކެވެ. އެއަށް ފަހު ހާސްކަމެއް ނެތި ސައިކަލް ހިފައިގެން ދާންވީ އެވެ.

ޔަމަހާ އުފެއްދުންތަކުގެ އޮތޮރައިޒްޑް ޑިސްރިބިއުޓަރު އެލިޔާ އިން ބުނި ގޮތުގައި އެއް ރުފިޔާ ޑައުންޕޭމަންޓަށް ދައްކާފައި ސައިކަލް ނެގުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ލިބޭނެ އެވެ. މި ޕްރޮމޯޝަންގައި އެ ކުންފުނިން ކުރިއަށް ގެންދާ އިސްލާމިކް ފައިނޭންސްގެ ދަށުން، ސައިކަލްގެ ޖުމްލަ އަގުން ޑައުންޕޭމަންޓްޓަށް ދެއްކި ފައިސާ އުނިކުރުމުން ސައިކަލުގެ އަގުގެ ބާކީ އޮތް އަދަދު 36 މަހަށް ބަހާލައިގެން ދެއްކޭ ގޮތަށެވެ. އޭރުން މަހަކު އެވްރެޖްކޮށް މީހަކު ދައްކަން ޖެހޭ އަދަދު 3،000ރ. އަށް ވުރެ ކުޑަ ވާނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރީ ގިނަ ބަޔަކު އެދެމުންދާތީ ކަމަށެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ވީހާ ވެސް ގިނަ ބަޔަކަށް، ޖީބަށް ލުއިވާނެ ގޮތަކަށް ފަސޭހަ ކަމާ އެކު ސައިކަލެއް ހޯދައިދިނުމުގެ މަގު ފަހިކޮށްދިނުމެވެ.

"މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމުގެ މަގުސަދަކީ، އެންމެ ފުރަތަމަ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަވާ އަދަދު ކުޑަކޮށް، މަހުންމަހަށް ދައްކަންޖެހޭ އަދަދު ލުއިކޮށް ފަސޭހަ ގޮތަކަށް ޔަމަހާ ސައިކަލެއް ލިބޭނެގޮތެއް ހަމަޖައްސައިދިނުން،" އެ ކުންފުނިން ބުންޏެވެ.


އެލިއާ ކުންފުންޏަކީ ރާއްޖޭގެ ޔަމަހާގެ އޮތަރައިޒްޑް ހަމައެކަނި ކުންފުންޏެވެ. އެލިއާ އާއި ޔަމަހާ ގުޅިގެން ރާއްޖޭގައި ޚިދުމަތް ފޯރުކޮށްދޭތާ މި ވަނީ 40 އަހަރު ވެފަ އެވެ. އަދި އެލިއާއިން ރާއްޖޭގެ މާކެޓްގައި ތައާރަފްކޮށް ވިއްކަމުން އަންނަ ސައިކަލްތަކަށް ޔަމަހާގެ ވޮރަންޓީ ލިބޭނެ އެވެ.