ފޮރިން މިނިސްޓްރީ

ތަޖިކިސްތާނުން ދިވެހީންނަށް އޮން އެރައިވަލް ވިސާ

ތަޖިކިސްތާނަށް ދަތުރުކުރާ ދިވެހީންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

ތަޖިކިސްތާަނުން އޮން އޮރައިވަލް ވިސާ ލިބޭނީ އަންނަ އަހަރުން ފެށިގެން ނެވެ.

އޮން އެރައިވަލް ވިސާ ދިވެހީންނަށް ލިބޭ ގޮތް ހަމަޖައްސައި ދެއްވުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތަޖިކިސްތާނުގެ ޚާރިޖީ ވަޒީރު ސިރާޖުއްދީން މުހްރިއްދީން އަށް ޝުކުރު އަދާކުރައްވައިފިއެވެ.

އެއާއެކު ރާއްޖެއާއި ތަޖިކިސްތާނާ ދެމެދު ސަގާފީ ގުޅުންތައް ފަދަ ގުޅުންތައް ބަދަހިވެގެންދާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ރަޝިޔާ، މޮރޮކޯ، ތައިލެންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވެ އެވެ. އަދި އިންޑިއާ، ސްރީލަންކާ އަދި ސަޢޫދީއަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކެއް ވަނީ ހަމަޖެހިފައެވެ.

އަދި ރާއްޖޭގައި ތިބެގެން ބައެއް ޔޫރަޕް ބައެއް ގައުމުތަކުގެ ޝެންގެން ވިސާ ނެގޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސައިފި އެވެ.