ކޮންމެ އަހަރެއްގެވެސް ސާނަނީ އިމްތިހާންތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ ޓޮޕް އެޗީވާޒް އެވޯޑް މިމަހުގެ 18 ވަނަ ދުވަހު ދޭން ނިންމައިފި އެވެ.
އެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އަމީނިއްޔާގަ އެވެ.
ޓޮޕް އެޗީވާޒްގެ ގަދަ ދިހައެއްގައިި މިފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސްކޫލުތަކުގެ އެތައް ސަތޭކަ ދަރިވަރުންނެއް ހިމެނެއެވެ.
މާގިނަ ދަރިވަރުން ޓޮޕް ޓެންގައި ހިމެނޭތީ ހަމައެކަނި އެއްވަނަ ދެވަނަ އަދި ތިން ވަނަ އަށް ސްޓޭޖްމަތީ އެވޯޑު ދޭން ވެސް ނިންމި އެެެވެ.
ނަމަވެސް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ކުރީގެ އުސޫލަށް ފަހުން ބަދަލުކުރި އެވެ.