ދުނިޔެ

"ޓިއުނީޝިއާގެ އާސަރުކާރަށް މިސްރުން ތާއީދުކުރާނެ"

މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލްސީސީ (ވ) އަދި ޓިއުނީޝިއާގެ ބޮޑުވަޒީރު ނަޖްލާ ބޫދަން
0%
0%
0%

ޓިއުނީޝިއާގެ އާސަރުކާރަށް މިސްރުން އެއްބާލުން ދެއްވާނެ ކަމަށް އެގައުމުގެ ރައީސް އަބްދުލް ފައްތާހް އަލްސީސީ ވިދާޅުވެއްޖެ އެވެ. ޓިއުނީޝިއާގައި ހަމަޖެހުން ގާއިމުކޮށް ރައްޔިތުން މަސަލަސްކުރަން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ގާހިރާގެ ތާއީދު އޮތްކަން ވެސް ސީސީ ކަށަވަރު ކޮށްދެއްވި އެވެ.

ޓިއުނީޝިއާގެ ބޮޑުވަޒީރު ނަޖްލާ ބޫދަންއާ ބައްދަލު ކުރައްވައި އެގައުމަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކުން އަރައިގަތުމުގައި ސަރުކާރުން ކުރާ މަސައްކަތްތަކަށް ސީސީ ހެޔޮއެދި ވަޑައިގެންނެވި އެވެ. އަދި ކާމިޔާބު ހޯއްދެވުމަށް އެދިވަޑައި ގަންނަވާކަން ވެސް ހާމަކުރެއްވި އެވެ.

މިސްރަށް ކުޅަދާނަ ހުރިހާ ކަމެއްގައި ޓިއުނީޝިއާއަށް އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށް ވެސް ސީދީ ވިދާޅުވި އެވެ. އަދި ދެގައުމުގެ ތާރީހީ އުޚުއްވަތް ތެރިކަމުގެ ގުޅުން ބަދަހިކުރަން މިސްރު ތައްޔާރަށް އޮތްކަން ވެސް ސީސީ ވިދާޅުވި އެވެ.

މިސްރުގެ ރިޔާސީ ތަރުޖަމާން ބައްސާމް ރާދީ ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި ދެލީޑަރުން މަޝްވަރާކުރެއްވި މައުލޫތަކުގެ ތެރޭގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި މުވާސަލާތީ ޗެނަލްތައް ހަރުދަނާކުރުން، ޓެރަރިޒަމާއި ހަރުކަށި ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ މައުލޫމާތު ބަދަލުކުރުން ހިމެނެ އެވެ.

ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ހުރި އެއްގޮތް މައްސަލަތައް އަދި ލީބިޔާގެ ހާލަތާ ބެހޭގޮތުން ވެސް ވެރިން މަޝްވަރާ ކުރެއްވި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910