އެޑްވަޓޯރިއަލް

ކެންގަރޫ ޑިސްޓްރިބިއުޓަރަކަށް ޗާންދަލިއާ

Nov 16, 2021
1

އިންޑިއާގެ މަޝްހޫރު ކެންގަރޫ ބްރޭންޑްގެ ޕްރޮޑަކްޓްސްތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަކަށް ޗާންދަލިއާ ކުންފުނި ހަމަޖައްސައިފި އެވެ.

ބްރޭންޑެޑް އަދި މޮޅު ކޮލިޓީގެ ސްޓޭޝަނަރީސްގެ ވިޔަފާރި ކުރަމުން އަންނަ ޗާންދަލިޔާގެ ފިހާރަތަކުން ކެންގަރޫ ބްރޭންޑްގެ ސްޓޭޝަނަރީސް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން ދާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. މޫކައި ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކެންގަރޫ ކުންފުނީގެ އިސްބޭފުޅުންތަކެއް ބައިވެރިވެ އެ ބްރޭންޑްގެ އެކި އެކި ޕްރޮޑަކްޓްސްގެ މައުލޫމާތު ވަނީ ދީފައެވެ.

އިއްޔެގެ ހަފްލާގައި ސްޓޭޝަނަރީސް ބޭނުންކުރާ ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ކެންގަރޫ ބްރޭންޑްގެ އުފެއްދުންތައް ދުނިޔޭގެ ހުރިހާ ބައްރެއްގައި ވެސް ލިބެން ހުރެއެވެ.

ކެންގަރޫއިން ވަނީ 2018 ވަނަ އަހަރު އެކި ބާވަތްތަކުގެ ވަޅިތަކެއް ތައާރަފްކޮށްފަ އެވެ. އަދި އަންނަ އަހަރު އެ ވަޅިތައް ރާއްޖެއިން ލިބޭނެ ކަމަށް ކެންގަރޫއިން ބުނެއެވެ.

އެހެން ބްރޭންޑްތަކާއި ހިލާފަށް އެކި ކަންކަމަށް ބޭނުންކުރެވޭ ކެންގަރޫގެ އެކި ވައްތަރުގެ ވަޅި ހުރެއެވެ.

ކެންގަރޫއިން މިހާރު ތައްޔާރުވަމުން ދަނީ ބަދިގޭގައި ބޭނުންކުރާ ކިޗަން ސިޒާޒް އަންނަ އަހަރު ލޯންޗު ކުރުމަށެވެ.

"ކެންގަރޫގެ ސްޓޭޝަނަރީޒްއަށް ބަލާއިރު މީގައި އެބަހުރި ވަރަށް ޔުނީކް އެއްޗެހި. މިސާލަކަށް ބުނާނަމަ ވަރަށް ހެވީ ޑިއުޓީ ޕަންޗާޒް، ސްޓޭޕްލާސް މީއްޗިއްސަކީ ހަމަ އެހެން ބްރޭންޑްތަކުން ނުލިބޭ އެއްޗެތި" ޗަންދަލިއާގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވި އެވެ

ކެންގަރޫ ބްރޭންޑްގެ ހުރިހާ ސްޓޭޝަނަރީސް އާއި ސްކޫލް ކުދިންނާއި އޮފީސްފަދަ ތަންތަނަށް ބޭނުންވާ ހުރިހާ މުދަލެއް އެއްފުރާޅެއްގެ ދަށުން މެދުކެނޑުމެއްނެތި އަތްފޯރާފަށުގައި އިތުބާރާއި ޔަގީންކަމާއިއެކީ ފޯރުކޮށްދިނުމަކީ ޗާންދަލިޔާ ކުންފުނީގެ މައިގަނޑު އެއްއަމާޒެވެ.