ދުނިޔެ

ބެލަރޫސްއިން ޕޮލޭންޑަށް ސަޕްލައިކުރާ ތެޔޮ މަދުކޮށްފި

ބެލަރޫސްގެ ތެރެއިން ޕޮލޭންޑަށް އަޅާފައި އޮންނަ ތެޔޮ ހޮޅިތައް ތާވަލުން ބޭރު މަރާމާތަކަށް ކަމަށް ބުނެ ސާފުކުރަން ފަށައިފި އެވެ. މިކަމާ ގުޅިގެން ބެލަރޫސްއިން ޕޮލޭންޑަށް ފޮނުވާ ތެލުގެ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ބެލަރޫސްއާ ޕޮލޭންޑް ގުޅޭ ސަރަހައްދީ ބޯޑަރަށް ހިޖުރަވެރިން ޖަމާވުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އުފެދުނު އާވިގަނޑުގައި ބެލަރޫސްއިން ބުނެފައި އޮތީ ޔޫރަޕަށް ފޮނުވާ ގޭސް ބަންދުކުރާނެ ކަމަށެވެ.

ބެލަރޫސްއިން ބުނީ ޕޮލޭންޑަށް މުޅިން ތެޔޮ ކަނޑާލީ ނޫން ކަމަށާއި ޕައިޕްލައިންގައި މައްސަލަ ޖެހިފައި ހުރި ތެޔޮބަންދެއް ބަަދަލުކުރުމަށްޓަކައި އެހޮޅިތަކުން ދަތުރުކުރަ ދެލުގެ މިންވަރު މަދުކުރީ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހަމައަކަށް އެޅޭނެ ކަމަށެވެ.

މި ޚަބަރު ބައެއް ނޫންތަކުން ގެނެސްދިން ގޮތުން ހިވީ މުޅިން ތެޔޮ ބަންދުކުރީ ކަމަށެވެ. އެހެން ނަމަވެސް ބެލަރުސްއިން އެކަން ދޮގުކުރެ އެވެ. ބެލަރޫސްއިން ބުނީ ތެޔޮ ސަޕްލައިކުރުން ސިޔާސީ ނުކުރާނެ ކަމަށާއި ޕޮލޭންޑަށް ތެޔޮ ބަންދުވެދާނެ ކަމަށްޓަކައި ނިޒާމް އާކުރީ ކަމަށެވެ.

ހިޖުރަވެރިންގެ މައްސަލާގައި ޕޮލޭންޑުން ބަދުނާމުކުރަނީ ބެލަރޫސް އެވެ. ބެލަރޫސްއިން ބުނާ ގޮތުން ޕްލޭންޑުން ކަންތައް ބޮޑުކުރަނީ އެވެ. ވަރަށް އާދައިގެ ކަމެއް ހައްލުކުރާނެ ގޮތެއް ނޭނގި އެހެން މީހުންގެ ބޮލުގައި އަޅުވަނީ ކަމަށެވެ.