ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

50 އަހަރުން މަތީގެ މީހުނަށް ތިންވަނަ ޑޯޒް ފަށަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން 50 އަހަރުން މަތީގެ މީހުންނަށް ތިންވަނަ ޑޯޒް -- ބޫސްޓާ ޑޯޒް -- ޖަހަން ފަށާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ އޭޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލުން މިހާރު ތިންވަނަ ޑޯޒް އެޕޮއިންޓްމެންޓް ނުހައްދާ ދިޔަސް ޖަހައިދޭނެ ކަމަށެވެ. އަދި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 50 އަހަރުން މަތީގެ މީހުންނަށް ތިންވަނަ ޑޯޒް ޖަހަން ފަށާނެ ކަމަށެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭއިން ޖަހަން ފަށާފައިވަނީ މި މަހުގެ ހަތަރަކުން ފެށިގެނެވެ. އެއީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާތަނަށް އެ ވެކްސިން ޖަހާފައިވަނީ 4000 އަށްވުރެ ގިނަ މީހުން ވަނީ ޖަހާފަ އެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ތިންވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހޭނެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ވެސް ތިންވަނަ ޑޯޒް ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މީހާތަނަށް 395195 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ހަމަކޮށްފަ އެވެ. އަދި 361391 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވެއެވެ.