އެމްޓީސީސީ

އަންނަ މަހު ހުޅުމާލެއަށް އޭސީ ފެރީ ފަށަނީ

އަންނަ މަހުން ފެށިގެން މާލެ އާއި ހުޅުމާލެއާ ދެމެދު އޭސީ ފެރީގެ ހިދުމަތް ދޭން ފަށާނެ ކަމަށް އެ ހިދުމަތް ދޭ، އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެކްސްޕްރެސް ލޯންޗްގެ ބަދަލުގައި ބޭނުންކުރަން ފަށާ މި ފެރީތަކުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި މިފެރީތައް އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި މާލެ ގެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސަތޭކަ ވިހ މީހުންގެ ޖާގައިގެ މި ފެރީ ތަކުން ކޮޅަކަށް 15 މިނެޓް އިން ދެވޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. މިހާރު ދުއްވާ ފެރީތަކުގައި ކޮޅަކަށް އާންމުކޮށް ނަގަނީ 20 މިނެޓެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ކޮންމެ 10 މިނެޓަކުން ފެރީ ދަތުރެއް އޮވެ އެވެ.

މާލެ އާއި ހުޅުމާލެ ދެމެދު ދަތުރުކުރާ ފެރީތަކުގެ ހިދުމަތް ރަނގަޅު ކުރުމަށް މިދިޔަ ރޯދަމަހު ޑަބަލް ޑެކް ފެރީގެ ހިދުމަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. ދުއިސައްތަ ތިން މީހުންގެ ޖާގައިގެ މި ފެރީގައި ދަތުރުވެރިންގެ ވެހިކަލްތަކާއެކު ދެ ބައިގައި ވެސް ތިބެވެއެ އެވެ.