ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް 24 ގަޑިއިރު ދޭން ފަށައިފި

މާލެ ސަރަހައްދުގައި އާރްޓީއެލްގެ ބަހުގެ ހިދުމަތް 24 ގަޑިއިރު ދޭން ފަށައިފި އެވެ.

މީގެކުރިން ބަހުގެ ހިދުމަތް ދެމުން ގެންދިޔައީ ފަތިހު 5:30 އިން ރޭގަނޑު 12:15 އަށެވެ.

އެމްޓީސީސީ އިން ބަހުގެ ހިދުމަތް 24 ގަޑިއިރު ދޭން ފެށީ މިއަދު ފަތިހު 5:30 އިން ފެށިގެންނެވެ.

ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރީ މާލެ އާއި ހުޅުމާލެ ގުޅައިވައިދޭ ވެސްޓް ޕާކް ރޫޓްތަކުންނެވެ.

އެ ރޫޓުގައި މިހާރު ކޮންމެ ރެއަކު މެންދަމު 1:15 އިން ފަތިހު 5:15 އަށް ގަޑިއަކު އެއް ފަހަރު ބަސް ދަތުރުކުރާނެ އެވެ.

މިބަދަލާ އެކު މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ މީހުންނަށް ފަސޭހަތަކެއް ލިބޭނެ ކަމަށް އެމްޓީސީސީ ބުނެ އެވެ.