އެމްޓީސީސީ

ރޯދަމަހު ބަސް ދަތުރުތައް ފަށާނީ ހެނދުނު 7:00 ގައި

އެމްޓީސީސީ އިން މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބަހެއް -- ފޮޓޯ: އަވަސް
0%
0%
0%

ގްރޭޓާ މާލެ ސަރަހައްދުގައި ރޯދަ މަހު ބަހުގެ ހިދުމަތް ފަށާނީ ހެނދުނު 7:00 ގައި ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި، މާލެއިން ހުޅުމާލެ ފިޔަވަހި 1 އަށް އަދި މާލެއިން ހުޅުމާލެ ފިޔަވަހި 2 އަށް ބަސް ދަތުރުތައް ފަށާނީ ހެނދުނު 7:00 ގައި ކަމަށެވެ.

ރޯދަ ވީއްލާ ގަޑިއަށް ދަތުރުތައް މެދުކަނޑާލުމަށްފަހު ދެން ދަތުރުތައް ފަށާނީ ރޭގަނޑު 7:20 ގައި ކަމަށާއި މި ދަތުރުތައް ރޭގަނޑު 12:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ މާލެ ތެރޭގައި ފޯރުކޮށްދޭ ބަހުގެ ހިދުމަތްތައް، އޯކިޑް، އަމީނީ އަދި ސޯސަން ރޫޓުގެ ދަތުރުތައްވެސް ހެނދުނު 7:00 ގައި ފަށާނެ ކަމަށެވެ. މި ދަތުރުތައް އިރުއޮއްސި 6:00 އަށް މެދުކަނޑާލުމަށްފަހު ފަށާނީ ރޭގަނޑު 9:00 ގައި ކަމަށާއި މި ރޫޓުތަކުގެ ދަތުރުތައްވެސް ރޭގަނޑު 12:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެމްޓީސީސީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ދަނީ 20 އަތޮޅެއްގައި ހަ ޒޯނަކަށް ބަހާލައިގެން 68 ރޫޓުން ފެރީގެ ހިދުމަތް ދެމުންނެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނިން އަތޮޅު ތެރޭގައި ފޯރުކޮށްދޭ ފެރީގެ ހިދުމަތް ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއި ފަސޭހަ ވާނޭ ގޮތަށް ރޯދަ މަހުގެ ދަތުރުތައް ރާވާފައިވާ ކަމަށެވެ.

މި ގޮތުން ރޯދަމަހާއި ގުޅިގެން އާރްޓީއެލް ފެރީ ދަތުރުތަކުގެ ކޮންމެ ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިން ނިމޭ ގޮތަށް ތާވަލުކޮށްފައިވާ ކަމަށް އެ ކުންފުނިން އިން ވަނީ ބުނެފަ އެވެ. އަދި ރޯދަ މަހުގެ ހުކުރު ދުވަހު އާރްޓީއެލް ފެރީ ދަތުރުތައް ނުބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345