އެޗްޑީސީ

ކުންފުނި ފްލެޓްތައް ނިމެންވާއިރަށް މަގުތައް ނިމޭނެ: އެޗްޑީސީ

Nov 22, 2021
ހުޅުމާލެ: ދެވަނަ ފިޔަވަހީގެ މަގުތައް އަންނަ މަހު އެއްކޮށް ނިމޭނެ ކަމަށް އެޗްޑީސީ އިން ބުނޭ -- ފޮޓޯ: އެޗްޑީސީ
0%
0%
0%

ސަރުކާރު ކުންފުނިތަކުން ތަރައްގީ ކުރާ ފްލެޓުތައް ނިމެންވާއިރަށް ހުރިހާ މަގުތަކެއް ނިމޭނެ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

"ހިޔާ ފްލެޓު" މަޝްހޫރުގެ ބައެއްގެ ގޮތުގައި ކުރީ ސަރުކާރުން ކުންފުނިތަކަށް ހަވާލުކުރި ފްލެޓްތަކުގެ މައުލޫމާތު ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ އެމްއެމްއެކްސްޕޯޓް ކުންފުނިން ހުޅުމާލެ މަގުތަކުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެމްއޭސީއެލް އެންމެ އަވަހަށް ނިމޭނީ. އެ ހިސާބަށް ރޯޑް އެކްސްސަސް އޮންނާނެ. މިހާރުވެސް ފޭސް ޓޫގައި ބާކީ ހުރި މަގުތަކުގެ މަސައްކަތް [އިންޑިއާ] ގެ އެމްއެމްއެކްސްޕޯޓުން ކުރިއަށް އެބަ ގެންދޭ. މި ސަރައްދުގައި ހިމެނޭނެ ހިޔާ ސަރަހައްދު ވެސް އަންނަ އަހަރުގެ ނިމުމަކާ ހަމައަށް ނިމޭނެ،" އާތިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުންފުނިތަކުގެ ފްލެޓުތައް ނިމެންވާއިރަށް މަގުތަކަށް އެކްސެސް ލިބުމުގައި އެއްވެސް ދަތިކަމެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެއް ކޮޓަރީގެ ފްލެޓްގެ ބިޒްނަސް މޮޑެލަކީ ކުންފުނިތަކުން އަޅާ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމެންޓްތަކުގެ 50 ޕަސެންޓް ސަރުކާރަށް ވަކި ރޭޓެއްގައި ވިއްކުމެވެ. މި ޕްލޭންގެ ދަށުން ސަރުކާރުން 500 އެއްހާ މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެނގިފައިވެ އެވެ. ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯ އާއި އެމްޕީއެލް އަދި އެމްއޭސީއެލް އާއި އެމްޓީސީސީ އެވެ. އެންމެ އަވަހަށް ނިމޭނެ ކަމަށް ބެލެވެނީ އެމްއޭސީއެލް ފްލެޓުތަކެވެ. އެ ފްލެޓުތައް އަންނަ މަހު ނިމޭއިރު ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910