ހަބަރު

"ދާއިމީ ހައްލަކީ އަމިއްލަވާނެ ބޯހިޔާވަހިކަމެއް ހޯދައިދިނުން"

ކުރީގެ ހައުސިން މިނިސްޓަރު ޑރ މުއިއްޒު. -- ފޮޓޯ: އަވަސް އާކައިވްސް
100%
0%
0%

ރާއްޖޭގެ ޒަމާންވީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެވޭނީ، އެކަށީގެންވާ އަގެއްގައި އަމިއްލަކުރެވޭނެ ގޯއްޗެއް ނޫނީ ފްލެޓެއް ރައްޔިތުންނަށް ފޯރުކޮށްދީގެންކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގައި އިއުލާނުކޮށްފައިވާ "ކޯލިވިން ހައުސިން” މަޝްރޫއުއާ ގުޅޭގޮތުން އަވަސް އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މިއީ ރާއްޖޭގެ ހާލަތާ އެއްވެސް މިންވަރަކަށް ގުޅޭ ކޮންސެޕްޓެއް ނޫން ކަމަށެވެ.

މި މަޝްރޫއު އިމާރާތް ކުރާނެ ފަރާތެއް ހޯދަން އެޗްޑީސީން މިދިއަ މަހު އިއުލާނުވެސް ކޮށްފައިވާއިރު، މި ޕްރޮޖެކްޓުގެ ދަށުން "ކޯ ޝެއަ" ނުވަތަ އެހެން މީހުންނާއިއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއާ ކޮޓަރި ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައި އެވެ.

ނަމަވެސް، މުއިއްޒު ވިދާޅުވި ގޮތުގައި، މިއީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި، ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަމެއްގެ ތެރެއިން ވިޔަފާރިވެރިންތަކަކަށް ފައިދާ ހޯދައިދިނުމަށް ކުރާ ކަމެއް ކަމަށެވެ.

"މައްސަލަ [ބޯހިޔާވަހިކަމުގެ ދަތިކަން] ހައްލެއް ނުވާނެ. މިއީ އެއްވެސް ގޮތަކަށް ދާއިމީ ހައްލެއް ނޫން. މިކަމުން ރައްޔިތުންނަށް ލިބޭނެ އެއްވެސް އުއްމީދެއްވެސް ނެތް،" އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅުގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ މުއިއްޒު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މި ކޮންސެޕްޓާއެކު ރަށްޓެހިންނާއެކު އެއް ފުރާޅެއްގެ ދަށުގައި އުޅެވޭނެ ހިޔާލަކީ ދިވެހި ޒުވާނުންވެސް ގަޔާވާނެކަމަކަށްވި ނަމަވެސް، ނުދަންނަ މީހުންނާއެކު ދިރިއުޅުން ހިއްސާކުރުމަކީ އިޖުތިމާއީ އެތައް މައްސަލަތަކެއް ނުކުންނާނެ ކަމެއް ކަމަށެވެ.

ދާއިމީ ހައްލަކީ ކޮބާ؟

މުއިއްޒު ވިދާޅުވި ގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނީ، ވީހާވެސް ގިނަ ބަޔަކަށް އެކަށީގެންވާ އަގެއްގައި އަމިއްލަ ކުރެވޭނެ ގޯތި ދޫކޮށްގެން ކަމަށެވެ.

ނަމަވެސް، ހާއްސަކޮށް މާލެ ސަރަހައްދުން އެހާ ގިނަ ބިންތައް ދޫކުރެވެން ނޯންނާނެކަމަށް އޭނާވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

އެކަމުގެ ހައްލަކީ، މުއިއްޒު ވިދާޅުވި ގޮތުގައި، ވީ ވަރަކުން ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި، ގުޅިފަޅު ހިއްކައިގެން ރައްޔިތުންނަށް ގޯތި ދޫކުރުމުގެ އިތުރުން އަތްފޯރާ ފަށުގައި ފްލެޓު ދިނުމެވެ.

"ރަނގަޅު [ގޯއްޗާއި ފްލެޓުގެ] މިކްސެއް ބޭނުންވަނީ. އަމިއްލަ ކުރެވޭ ގޮތަށް ގޯއްޗާއި ފްލެޓު ރައްޔިތުންނަށް ދޭންވީ،" އޭރުން މައްސަލަ ދާއިމީކޮށް ހައްލުވާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުން ނިންމާފައި ވަނީ ގުޅިފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަހައްދަށް އެ ބަނދަރު ބަދަލު ކުރުމަށެވެ. އަދި އެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މުޅި މި ސަރަހައްދުގައިވެސް ޕޯޓް ހެދުމަށް ތިލަފުށްޓަށްވުރެ ރަނގަޅު ރަށެއް ނެތްއިރު، އެތަނުގައި ޕޯޓު އެޅުމަކީ ރައްޔިތުންނަށް ކުރިމަތިކުރުވާ ވަރަށް ބޮޑު އިންސާފެއްގެ ގޮތުގައި މުއިއްޒު ސިފަ ކުރެއްވި އެވެ.

"ހުޅުމާލޭ ދެވަނަ ފިޔަވަހިންވެސް ބައެއް ގޯތި ދެވޭނެ. ގުޅިފަޅުން ވެސް ގޯތި ދޫކުރެވޭނެ. އަދި ފުށިދިއްގަރު ފަޅު ހިއްކައިގެން ފަސް ހުޅުމާލެ ވަރުގެ ސަރަހައްދެއް ލިބޭނެ. އެތަނުންވެސް ގޯތި ދެވޭނެ. ބާކީ ތިބި މީހުންނަށް ފްލެޓު އަޅައިގެން، ހެޔޮ އަގުގައި ފްލެޓު ދެވޭނެ. މައްސަލަ ހައްލުކުރެވޭނީ އަމިއްލަ ކުރެވޭ ގޮތަށް ބިމާއި ފްލެޓު ރައްޔިތުންނަށް ލިބިގެން،" މުއިއްޒު ވިދާޅުވި އެވެ.

11 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބުހުތާން

ތިކަންއެނގޭއިރު ވެރިކަމުގެ 5 އަހަރުގެމުއްދަތު ހަމަވިއިރުވެސް ތިޙައްލުހޯދައިނުދެވުނީ ކީއްވެތޯ؟ ތިދައްކާވާހަކަ ޤަބޫލެއްނުކުރެވޭނެ. ތިދައްކަނީ ކެންޕޭނީ ހުވަފެން. ހަމަގައިމުވެސް ތިޙައްލު ހޯދައިދޭން މަސައްކަތްކޮށް ރައީސަށް ދެންނެވިނަމަ، އެކަންކޮށެދެއްވާނެކަމުގައި ބެލެވޭ!

ރިހޫ

ދާއިމީ ހައްލަކީ އުމަރު..އަޑު އިވެއްޖެ

ފަޒޫ

ޔާމީނު އިރުގަ ފޮށި ފޮށި ގަނޑައް އަޅައިގެން ހިލޭސާބަހައް ފްލެޓް ދޯ ބެހީ..އަދިތާ މި ގެޓްވީ އަހުންނައް

ދެރަ

ދެން ރޮއްޖޭ ނުކިޔާ...މިހާރު ތިވާހަކަތައް އަޑުއަހާނެ ބަޔަކު ނެއް

މަކުނު0

ކަލޭ ކެނެރީގެ ރަސްގެފާނު ދައްކާ ވާހަކަ އަޑު އަހައިގެން އޮވޭ

މާލޭ މީހާ

މުއިއްޒް ތިހެން ކިޔަން އެންމެ ރީތީ....މުއިއްޒް ގެ ބާރު އޮއް އިރު ކިތައް ނިކަމެތިންގެ ބޯހިޔާވަހިކަން ފެރޖގަތިންނޯ......

ހީން

މުއިއްޒު ގެ ވެރިކަމެއްގަ ދޮ ބްރިޖް ވެސް އެޅީ...ދެން ހުރޭ އަންނި ވެގެން..އެއްކަމެއް ވެސް މިސަރުކާރަކުން ނުކޮއްދޭނެ

އިސްތަށި

އާނ އޭނަ އަނގަ ފަޅަނީ އަދި އެ...ކުޑައިރު ހިޔާލީ ވާހަކައިގަ އުޅޭ އަނގަ ގަދަ މިތުރު ބޮޑު ވީމަ މި ފެނުނީ ޕީޕީއެމްއިން

ޔޫނުސް

ބާރު އޮތް އިރު ކޮއްފަ ހުރި ކަންތައް ނިފެނޭތޯ

ނާޅި

އެޗްޑީސީން އުޅެނީ ހުޅުމާލެއިން ރައްޔިތަކަށް ބޯހިޔާވަހިކަން ނުދީ މުޅިންވެސް ވިޔަފާރި ކުރެވޭތޯ، ރައްޔިތުންނަށް ބިންކޮޅެއް ނުދޭން ވެގެން ބޮޑެތި ބިންތަށް ބޭކާރު ކަންތަކުގައި ބޮލޮކް ކޮށްފައި މާލޭގެ ބިމުގެ ވިޔަފާރި ކުރިއަރުވަނީ !

ލުހާން

މާލޭ ގަ ނެތޭ ޖާގައެއް ދޮންކަލޯ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345