ދަރަވަންދޫ

މީހަކަށް ބިރުދެއްކި ކުއްޖަކު ހައްޔަރުކޮށްފި

Nov 23, 2021
2

ބ. ދަރަވަންދޫގައި އަންހެން ކުއްޖަކު ފޮރުވައި އޭނާގެ ބައްޕައަށް ބިރު ދެއްކި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނީ އެ ރަށުގައި ވަޅިން މީހަކަށް ބިރު ދެއްކި މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށާއި އެކަން ކުރި 16 އަހަރުގެ ފިރިހެން ކުއްޖާ ރޭ އެ ރަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް ވިދާޅުވީ އެ ރަށު 16 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ރޭ އެ ކުއްޖާގެ ބައްފަ ގުޅައި އެ ކުއްޖާ ހޯދަން ކައުންސިލްގެ އެހީއަށް އެދުނު ކަމަށެވެ.

"ރައްޔިތުން ނެރުނިން އެ ކުއްޖާ ހޯދަން. އޭގެ އިރުކޮޅެއް ފަހުން އަޅުގަނޑަށް ގުޅާއި ބުނި ކުއްޖާ ފެނިއްޖެއޭ." ސަމީހް ވިދާޅުވި އެވެ.

ރޭގެ އެ ހާދިސާގެ އިތުރު ތަފްސީލު ނެތް ކަމަށާއި އެހެން ނަމަވެސް ކުއްޖާ ހޯދަން ރައްޔިތުން ނުކުތުމުން މައްސަލަތު ގެއްލުނު ކަމަށެވެ.