ޖޭއެސްސީ

މާވަށު ގާޒީ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު

Nov 24, 2021
5

ލ. މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާއީލް މާހިރުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އިސްމާއީލްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ބަލަނީ ފަނޑިޔާރުންގެ ގާނޫނާއި ހިލާފަށް، މަސްލަހަތު އޮތްކަން ހާމަ ނުކުރައްވައި އަމިއްލަ ވިޔަފާރި ކުރައްވަމުންދާ ކަމަށް ބުނާ މައްސަލަ އެކެވެ.

ޖޭއެސްސީން ބުނީ އިސްމާއިލް މާހިރުގެ މައްސަލަ ބަލަން ނިންމީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި ތަހުގީގު ކޮމިޓީ މިހާރު ވަނީ އެކުލަވާލާފަ އެވެ.

ޖޭއެސްސީން ބަލަމުންދާ ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނަށް ސާބިތުވި ނަމަވެސް އެ ބޭފުޅަކު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މަޖިލީހުން ގޮތެއް ނިންމުމުންނެވެ.