މުސާރަ ކުޑަވުމުން ޕްރިންސިޕަލުން ލިބުމުގައި ގޮން ޖެހުންތައް ކުރިމަތިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމްް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެެވެ.
އާދަމް ޝަރީފް އެއްސެވީ ރ. މަޑުއްވަރީ ސްކޫލުގައި އޮގަސްޓު މަހުން ފެށިގެން ޕްރިންސިޕަލަކު ނެތުމުން އެ ސްކޫލަށް ޕްރިންސިޕަލަހު ހަަމަ ޖެހޭނީ ކޮން ދުވަހަކުންތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ސްކޫލުތައް ހިންގަން ރަނގަޅު ގާބިލު ބޭފުޅުން ހޯދުުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެެ.
އެކަމަށް އޮތް އެއް ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުމެވެ. އަދި އޭގެ ސަބަބުން ހެޑް މާސްޓަރުކަމާއި ޕްރިންސިޕަލްކަމުގެ ކޯސް ހައްދަވާ ބޭފުޅުން ވެސް އެހެން ވަޒީފާތަކުން ފެންނަމުންދާ ކަމަށެވެ.
"އަޅުގަނޑަށް މި ތަނުން [މަޖިލީހުން] ވެސް އެބަ ފެނޭ ހެޑް މާސްޓަރު ކޯސް އަދި ޕްރިންސިޕަލް ކޯސް ހައްދަވާފަ ތިއްބެވި ބޭފުޅުން. ކައުންސިލްތަކުގައި އެބަ ތިއްބަވާ. އެހެންވީމާ ސްކޫލުތަކުން މިފަދަ ބޭފުޅުން ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮޥޭ." މިނިސްޓަރު ވިދާޅުވި އެވެ.
މި މައްސަލަައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށުން ބޭރުގައި ޕްރިންސިޕަލަކު މަސައްކަތް ކުރައްވާނަމަ އިތުރަށް 3000 ރުފިޔާގެ އެލަަވަންސެއްް މިހާރު ހަމަޖައްސައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު ހަމަ ޖެހުން ލަސްވި ސަބަބު ވެސް މިނިސްޓަރު މިއަދު ސާފުކޮށްދެއްވި އެވެ. ވިދާޅުވީ މިދިޔަ އޮގަސްޓު މަހު އެ ސްކޫލުގައި ހުންނެވި ޕްރިންސިޕަލް އިސްތިއުފާ ދެއްވުމުން އެ މަގާމަށް ބޭފުޅަކު ހޯދަން ހުޅުވާލުމުން އެކަމަށް ކުރިމަތިލީ ތިން ވަނަ ފަަހަރަށް މިދިޔަ އޮކްޓޫބަރު މަހު ކަމަށެވެ. އަދި އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް މިހާރު ބޭފުޅަކު ހަމަޖައްސައިފައިވާ ކަމަށާއި އަންނަ ހަފްތާގައި އެ ބޭފުޅާ ސްކޫލުގައި މަސައްކަތް ކުރައްވަން ފައްޓަވާނެ ކަމަށެވެ.