އެލްޖީއޭ

އެލްޖީއޭގެ ނައިބް ރައީސްގެ މަގާމަށް ނިއުމާ އިންތިހާބުކޮށްފި

Nov 25, 2021

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބް ރައީސްގެ މަގާމަށް ފާތިމަތު ނިއުމާ އިންތިހާބު ކޮށްފި އެވެ.

އެލްޖީއޭގެ ބޯޑަށް ނިއުމާ އައްޔަންކޮށްފައިވަނީ ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން އައްޔަންކުރަންޖެހޭ މެންބަރުގެ ގޮތުގަ އެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން އެލްޖީއޭގެ ރައީސް އަކީ އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރެވެ. އެގޮތުން އެލްޖީއޭގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް ފާތިމަތު އަފްޝަން ލަތީފް އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ބޯޑު އެކުލެވިގެން ވަނީ ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް ނުވަ މެމްބަރުންގެ މައްޗަށެވެ.