އެލްޖީއޭ

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ނިމާލް

އެލްޖީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު ނިމާލް އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމަށް މުހައްމަދު ނިމާލް މިއަދު އައްޔަންކުރައްވައިފި އެވެ.

ނިމާލް މި މަގާމަށް އައްޔަންކުރައްވާ އެކަމުގެ ލިޔުން ދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މީގެ ކުރިން ނިމާލް ވަނީ މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމާއި އެލްޖީއޭގެ ބޯޑު މެންބަރުކަންވެސް ކުރައްވާފަ އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ނައިބް ރައީސްގެ ގޮތުގައިވެސް ހުންނެވި ނިމާލް، މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ނިމާލް ވަނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓާ ކައުންސެލާ މަގާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.

ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވާސިޓީއިން ބެޗްލާ އޮފް ބިޒްނަސް. މާކެޓިން ހާސިލްކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345