އެލްޖީއޭ

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ކުރީގެ ވަޒީރު ޒުލްފާ އައްޔަންކުރައްވައިފި

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ޑރ. މަރްޔަމް ޒުލްފާ އައްޔަނުކުރައްވާ އޭނާއަށް މަގާމުގެ ލިޔުން ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މ. ވައިނުޖެހޭގެ، ޑރ. މަރްޔަމް ޒުލްފާ މިއަދު އައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޒުލްފާ މަގާމަށް އައްޔަންކުރައްވާ އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ޒުލްފާ އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނެޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ.

ޒުލްފާގެ ތައުލީމީ ސަނަދުތައް

  • ޑޮކްޓާ އޮފް ފިލޯސަފީ (ޕީއެޗްޑީ) - އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގެ ކާޓިން ބިޒްނަސް ސްކޫލް
  • މާސްޓާސް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް ލޯ (އެލްއެލްއެމް) - އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން
  • މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) - ނިއުޒިލޭންޑްގެ ވައިކާޓޯ ޔުނިވާސިޓީ

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޒުލްފާ ވަނީ ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި ޒުލްފާ ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ ރިޔާސީ އިންތިހާބުވެސް ނިމުނު ފަހުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345