އެމްއެންޑީއެފް

ގެއްލިގެން ހޯދި ދެ މީހުން ފެނިއްޖެ

ގެއްލިގެން ހޯދި ދެ މީހުން ފެނިފައިވާ ކަމަށް ސިފައިން ބުނެފި އެވެ.

ގދ.މާވަރުލު އާއި ގދ.ގައްދޫއާ ދެމެދު އޮތް ފަޅުރަށަކަށް އިއްޔެ ހެނދުނު ދިޔަ ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ރޭ ވަނީކޮށްފައެވެ.

ސިފައިން ރޭ ފަތިހު ބުނީ އެ ދެ މީހުން ހުޅުމާވަރުލު ކިޔާ ރަށެއްގައި ތިއްބާ ފެނިފައިވާ ކަމަށެވެ. އެ މީހުން އެ ރަށުގައި މަަޑުކޮށްގެން ތިބީ ދިޔަވަރު ހިކި ކަމުން އެ މީހުން ދަތުރުކުރި ބޮއްކުރާގައި ނުދެވިގެން ކަމަށްވެސް ބުންޏެވެ.