މޯލްޑިވްސް ޕޮލިސް ސާވިސް

ބޯޓަކުން ގެއްލުނު މީހަކު ހޯދަނީ

އައްޑޫ ސިޓީ އިން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓަކުން ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ސީމެކްސް ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖް ކުމާރް އެވެ.

އޭނާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލައް ސިޓީއާ އަށް މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި ރާޖް ކުމާރު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. އަދި އޭނާ ގެއްލިފައިވާ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.