ދިރާގު

ދިރާގުގެ ހިދުމަތްތަކުން އަހަރު ނިންމަން ބޮޑު ޕްރޮމޯޝަނެއް

Dec 1, 2021
1

ދިރާގުގެ ގިނަ ހިދުމަތްތަކުން ހާއްސަ ޑިސްކައުންޓްތަކާއި އޮފާތައް ލިބޭ ގޮތަށް އަހަރު ނިންމަން ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

"އިޔާ އެންޑް ބޯނަސް" ޕްރޮމޯޝަން ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގެ ދަށުން ހޯމް ފައިބާ ބްރޯޑްބޭންޑާއި ދިރާގު ޓީވީ އަދި މޮބައިލް ހިދުމަތްތަކުން ހާއްސަ އޮފާ ތަކެއް ލިބިގެންދާނެ އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބާ ކޭބަލް އަޅާފައިވާ ބިލްޑިންތަކުގައި އުޅޭ ކަސްޓަމަރުންނަށް ފައިބަ ބްރޯޑްބޭންޑް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރު ތަކުން 50 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ދިރާގު ފައިބަ ކޭބަލެއް ނެތް އިމާރާތްތަކުގައި އުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ކަނެކްޝަން ފީ އިން ލިބޭނެ އެވެ. ހަމައެއާއެކު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް މި މަސް ނިމުމުގެ ކުރިން ދިރާގު ޓީވީގެ ހިދުމަތައް އެދުން މުޅިން ހިލޭ ގުޅައިދީ، އަދި ޓީވީގެ ޑީކޯޑަރު ވެސް ހިލޭ ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގް ފަތް ޖަހާލެވޭ ފޯނެއް ވެސް ލިބޭނެ އެވެ. އަދި ސްޓާޓާ ޕެކޭޖުން މަތީގެ ކޮންމެ ޕެކޭޖެއް ނަގާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ހޮވައި ނަސީބުވެރި 10 ފަރާތެއްގެ ޕެކޭޖު ހަ މަސް ދުވަހަށް ހިލޭ ކޮށްލާނެ އެވެ.

މި ޕްރޮމޯޝަންގެ ތެރޭގައި 500ރ. އަށް ވުރެ މަތީގެ ދިރާގު ޕޯސްޓްޕެއިޑްއެއް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭން އަކަށް އެދުމުން ތިން މަސް ދުވަހަށް ކޮންމެ މަހަކު ތިން ޖީބީ ލިބޭނެ އެވެ. އަދި 500ރ. ދަށުގެ ޕްލޭނެއް އެކްޓިވޭޓް ކުރުމުން ތިން މަސް ދުވަހަށް ކޮންމެ މަހަކު އެއް ޖީބީ ލިބިގެންދާނެ އެވެ.

ދިރާގުން ބުނީ މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ނެޓްވާރކްއާއި ގުޅާލުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ.